ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ރުއްގަނޑު ކުއްޔަށް ދޫކުރުމާއި ބެހޭ

އޮޅުވެލިފުށި ބަނދަރު ރުއްގަނޑުގެ އިރުމަތީ ކޮޅުގައި ފޯދިފައިހުރި 15 ރުކާއި ހުޅަނގު ކޮޅުގައި ފޯދިފައިހުރި 8 ރުކާއި އެކު 23 ރުއް ސިޓީލާ ނީލަމުގައި ދޫކޮށްލުމަށް ބޭނުންވެއްޖެއެވެ. މިރުއްގަނޑު  ނީލަމުގައި ދޫކޮށްލުމަށް ހަމަޖެހިފައިވަނީ 2021 ފެބުރުވަރީ މަހުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށެވެ.

                      ވީމާ މިރުއްގަނޑު ސިޓީލާ ނީލަމުގައި ނަންގަވަން ބޭނުންވާފަރާތްތަކުން 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00 ށް މިކައުންސިލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޖަނަވަރީ 2021
ހޯދާ