ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެދަށުން މަސައްކަތްކުރުމަށް މިސްކިތްތަކަށް އިމާމުން/މުދިމުން ހޯދުން:

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ،

ހިންނަވަރު، ދިވެހިރާއްޖެ.

އިޢުލާން

 ވަޒީފާގެ ފުރުޞަތު

            ވޭޖް އެމްޕްލޯއިމަންޓްގެދަށުން މަސައްކަތްކުރުމަށް މިސްކިތްތަކަށް އިމާމުން/މުދިމުންހޯދުން:

            ފާދިއްޕޮޅު ހިންނަވަރު މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީނެގުމުން އަދި ސަލާމް ބުނުމުން ނުވަތަ ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން ނުވަތަ ވަޒީފާއިން ވަކިވުމުން އެ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމާދެމެދު ހޭދަވާ މުއްދަތުގައި ވަގުތީގޮތުން މަސައްކަތްކުރާނެ މުވައްޒަފުން ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން 01 އަހަރު ދުވަހަށް (2021 ވަނަ އަހަރަށް) ނެގުމަށް ބޭނުންވެއެވެ.

 

އުޖޫރަ ދެވޭނެ ގޮތާއި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަނާއި މަސައްކަތްކުރަންޖެހޭ ވަގުތު/ގަޑި

#

މަޤާމް

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު

ކޮންމެ ނަމާދު ވަގުތަކަށް

މަސައްކަތްކުރަންޖެހޭ ތަން

1

އިމާމް (ސަނަދުއޮންނަމީހަކަށް)

 ކޮންމެ ނަމާދުވަގުތަކަށް 1 ގަޑިއިރު (ދުވާލަކަށް ޖުމްލަ 5 ގަޑިއިރު)

-/61

 

ހިންނަވަރު މިސްކިތްތައް

2

މުދިމު (ސަނަދުނެތް މީހަކަށް)

-/53

 

 

 

 

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

            މި މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި މިސްކިތް ޙަވާލުކުރުމުގައި މަސައްކަތާގުޅޭގޮތުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް އިސްކަންދެވޭނެއެވެ. އަދި މަސައްކަތް ޙަވާލުކުރެވޭނީ ކައުންސިލް އިދާރާއާއި އެފަރާތްތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

            އިތުރު މަޢުލޫމާތު ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން ނުވަތަ މިއިދާރާގެ ނަންބަރު 6620301 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ޖުމާދަލްޢައްވަލް 1442

10 ޖެނުއަރީ  2021

10 ޖަނަވަރީ 2021
ހޯދާ