މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2021 ޖަނަވަރީ 06 އިން 2021 ޖަނަވަރީ 14 އަށްބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2021 ޖަނަވަރީ 17 ވާ އާދިއްތަ ދުވަހުގެ 13:00ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2021  ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ( ނޯޓް: ބީލަމުގެ އަގު 500,000/-ރ. އަށް ބޮޑުވާނެކަމަށް ލަފާކުރެވޭނަމަ ހިމެނުމަށް އަދި މިކަން ބީލަން ގޮތުގައިވެސް ހިމެނުމަށް)

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަންދޫ ސްކޫލް / އދ.މަންދޫ

ފޯން: 7949320

އީ-މެއިލް: [email protected]

 

                            22  ޖުމާދަލްއޫލާ 1442

                            06 ޖެނުއަރީ    2021

06 ޖަނަވަރީ 2021
ހޯދާ