ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރު މަގުމަތީގައި ތަކެތި ބެހެއްޓުމާއި ގުޅޭ

މިހާރަކަށް އައިސް މަގުގެ ދެފަރާތުގައި ގަސް އިންދައި، ގަސްމުށިފަދަ ތަކެތި ބަހައްޓާފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިގޮތަށް ބަހައްޓާފައި ހުންނަ ތަކެތީގެ ސަބަބުން މަގުން ހިގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިވަމުން ދާކަމުގެ ޝަކުވާ  މިކައުންސިލަށް އަންނަނީ ލިބެމުންނެވެ.

        މީގެ އިތުރުން މިހާރު ކުރިއަށްދާ "ޑިޒައިން އެންޑް ބިލްޑިންގ އޮފް ފުވައްމުލައް ސިޓީ އިންޓަރނަލް ރޯޑްސް ޕްރޮޖެކްޓް" މަސައްކަތުގެ ތެރެއިން މަގުތައް ކޮންނަމުން ދާއިރު ގޯތިން ބޭރު މަގުފާރު ކައިރީގައި ގަސްއިންދައި، ގަސްމުށިފަދަ ތަކެތި ބަހައްޓައި އަދި މަގުމައްޗަށް ދަތިވާގޮތަށް ތަޅުންއަޅާފައި ހުރުމުގެ ސަބަބުން މަސައްކަތަށް ހުރަސް އެޅެމުންދާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ.

 

         ވުމާއިއެކު މަގުތަކުގެ ދެފަރާތުގައި އިންދާފައިވާ ގަސްތަކާއި ގަސްމުށި އަދި ތަޅުންފަދަ ތަކެތި ނަންގަވައި މަގު ސާފުކޮށް ބޭއްވުމަށް ދަންނަވަމެވެ. އަދި މިސިޓީގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން މަގު ކޮންނަމުންދާއިރު މިފަދަ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ނަންގަވަންވާނީ އެތަކެތީގެ ވެރިފަރާތުން ކަމުގައި ދެންނެވީމެވެ.

 

          ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޑިސެންބަރު 2020
ހޯދާ