ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު އީސާނާއިބު މަގުގެ ދެފަރާތުގައިވާ ޗަސްބިން ސަރަޙައްދައް ކުނި އެޅުމާއި ބެހޭ:

ފުވައްމުލަކު އީސާނާއިބު މަގުގެ ދެފަރާތުގައިވާ ޗަސްބިން ސަރަޙައްދައް ކުނި އެޅުމާއި ބެހޭ:

 

           ފުވައްމުލަކު އީސާ ނާއިބު މަގުގެ ދެފަރާތުގައި ޗަސްބިން ސަރަޙައްދަށް އާންމު ރައްޔިތުން ގިނަ އަދަދަކަށް ކުނި އަޅަމުންދާކަމުގެ ޝަކުވާ މި އިދާރާއަށް ދަނީ ލިބެމުންނެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެޙެއްޓުމާއި ބެހޭ ޤާނޫނުގެ 93/4 ގެ ދަށުން ހަދާފައިވާ ކުނި މެނޭޖް ކުރުމާއި ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުނި އަޅަންވާނީ އެކަމަށް ޙާއްސަކޮށް، ތަންފީޒީ އިދާރާއިން ހުއްދަ ދީފައިވާ ތަނަކަށެވެ. އަދި ހަމަ މި މާއްދާގެ (ށ) ގެ ދަށުން ޗަސްބިން ފަދަ ތަންތަނަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުމަކީ ކުށެކެވެ.

           ވީމާ ބަޔާންކުރެވުނު ސަރަޙައްދަށް ކުނި އެޅުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

27 ޑިސެންބަރު 2020
ހޯދާ