އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގެ މެއިން ގޭޓް މަރާމާތު ކުރުން

ނަންބަރ IUL)343-AS/343/2020/112)

 

އިޢުލާން

އައު ކުނިކޮށީގެ މެއިން ގޭޓް މަރާމާތު ކުރުމާ ބެހޭ:

             މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ އައު ކުނިކޮށީގެ ގޭޓްގެ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

އާކުނިކޮށީގެ ގޭޓް މަރާމާތު ކުރުމުގެ މަސައްކަތުގެ މައުލޫމާތު.

  •  މަސައްކަތުގެ ނަން:      އާކުނިކޮށީގެ ގޭޓްމަރާމާތު މަސައްކަތް
  •  ތަން:              ކުނިކޮށި / އއ. ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
  •  މިމަސައްކަތް ކުރަންވާނީ އަމިއްލަ ތަކެތީގައެވެ.

 

ކުރަންޖެހޭ މަރާމާތު މަސައްކަތުގެ ތަފްސީލް

ގޭޓް މަރާމަތުކުރުން

01

އާކުނިކޮށީގެ ގޭޓަށް ބޭނުންވާ މަރާމާތު :

-          އާކުނިކޮށީގެ ގޭޓްގެ ދެދޮރުފަތްފަޅިގަޔާ ދޮރުގެ ކަނީގައި ހަރުކޮށްފައިވާ ހުޅުތައް ހަރުކޮށްފައި ހުރީ އެކޮޅުކޮޅުން ކަމަށްވާތީ އެއްދޮރުފަތްފަޅި ނެއްޓި އަނެއްދޮރުފަތްފަޅި ނުނެއްޓުނު ނަމަވެސް ހުރީ ހުޅުތައް ހަރުކުރެވިފައިވާ ހުޅު ކޮޅުބަދަލުކުރަންޖެހިފައެވެ.

02

މަރާމާތު މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ޓޫލްސް ހޯދަންޖެހޭގޮތް :

-          މަސައްކަތް ކުރަންވާނީ އަމިއްލަތަކެތީގައެވެ. އަދި މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައްވެސް ހޯދަންވާނީ އަމިއްލަ އެއްޗިއްސެވެ. މިމަސައްކަތަށް ކައުންސިލުން އެއްވެސް އެއްޗެއް ފޯރޮކޮށެއް ނުދޭނެއެވެ

03

ގޭޓްގެ މަރާމާތު މަސައްކަތް ކުރަންޖެހޭގޮތް :

-          ގޭޓްގެ މަރާމާތު މަސައްކަތެއްގެ ގޮތުގައި ކުރަންޖެހޭ މަސައްކަތަކީ ގޭޓްގެ ދޮރުކަންޏާ ދޮރުފަތް ގަނޑުގައި ހަރުކޮށްފައިވާ ހުޅުފަތްތައް ނައްޓާ ހަމަ އެ ހުޅުފަތްތައް ކުރިން ހަރުކޮށްފައިވާ ކޮޅު ބަދަލުކޮށް އަލުން ވެލްޑިންގ އަޅައިގެން ހަރުކުރުމެވެ. ވެލްޑިންގ ކަނޑާ ހުޅުފަތްތައް ނެއްޓުމަށްފަހު ހަރުކުރުމުގެ ކުރިން ކައުންސިލުން މިމަސައްކަތް މޮނިޓަރ ކުރުމަށް ހަވާލުކޮށްފައިވާ ފަރާތަކަށް އަންގާ އަލުން ހަރުކުރުމުގެ މަސައްކަތް ކުރަންވާނީ އެފަރާތެއްގެ ޙާޟިރުގައެވެ. އަދި ހުޅުހަރުކޮށް ގޭޓްދޮރުފަތްގަނޑު އެޅުވުމުގެ ކުރިން ކައުންސިލުން ކަނޑައަޅާފައިވާ ފަރާތަށް ދައްކާ ޗެކްކުރަންވާނެއެވެ.

04

ވެލްޑިންގ އެޅުމާއި ދަވާދުލުން :

-          ވެލްޑިންގ އަޅާފައި ހުންނަންވާނީ ދަގުއި ނުހުންނާނެހެންނެވެ. މަސައްކަތް މޮނިޓަރ ކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ފަރާތުން ވެލްޑިންގ ރަނގަޅު ނޫންކަމަށް ބުނެފިނަމަ އެތަނެއް އަލުން ދަގުއިތަޅާ ވެލްޑިންގ އަޅަންވާނެއެވެ. ވެލްޑިންގ ކޮށްފައިވާ ތަންތަނަށް ކައުންސިލްގެ މޮނިޓަރިންގ ފަރާތުން އޯކޭ ދިނުމުން ދަވާދުލާން ވާނެއެވެ.

 

މަސައްކަތުގެ ފެންވަރު ބެލުން :

-          މަސައްކަތް ފެށުނީއްސުރެ ނިމެންދެން ދޭތެރެ ދޭތެރެއިން މަސައްކަތް މޮނިޓަރ ކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ފަރާތުން މަސައްކަތުގެ ފެންވަރު ބަލަމުން ގެންދާނެއެވެ. އަދި މަސައްކަތް ނިމުމުންވެސް ކޮށްފައިވާ މަސައްކަތުގެ ފެންވަރު ބަލާޗެކް ކުރާނެއެވެ. ފެންވަރު ދަށްކަމަށް ވާނަމަ ފެންވަރު ދަށްކޮށް ކޮށްފައިވާ މަސައްކަތެއް އަލުން ކުރުމަށް އަންގާނެއެވެ.

 

                 ވީމާ މިދެންނެވުނު މަސައްކަތްތައް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮށްދިނުމަށްއެދި ހުށައަޅާ ލިޔުން ހިއްޕަވައިގެން 30 ޑިސެމްބަރ 2020ވާ ބުދަ ދުވަހުގެ 13:00އަށް މިކައުންސިލް އިދާރާއަށް ދުރުވުމަށް ދަންނަވަމެވެ. ލިޔުންތައް ކެނޑުން ކުރިޔަށް ދާނީ ހާޒިރުވާ އެންމެހައި ފަރާތްތަކުގެ ހާޒިރުގައެވެ. މަސައްކަތް ހަވާލުކުރެވޭނީ އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށެވެ. ނަމަވެސް ހުށައަޅާ އަގު ހުށައެޅުމުގައި ގިނަފަރާތްތަކެއް އެއްވަރުވެއްޖެނަމަ މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ގުރުއަތުލައިގެންނެވެ.

                    ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                    23 ޑިސެމްބަރ 2020

23 ޑިސެންބަރު 2020
ހޯދާ