ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަލުހިޔާގެ 2 ރޯހައުސް ޤުރުއަތުލުމާއި ބެހޭ

މާފަލުހިޔާގެ 40 ރޯހައުސްލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވެރިފަރާތުން ދޫކޮށްލާފައިވާ 2 ރޯހައުސް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ޤުރުއަތުލުމަށް ބޭނުންވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ރައްޔިތަކަށް ލިބިފައިވާ 1 ރޯހައުސް އާއި އެހެން ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ރައްޔިތަކަށް ލިބިފައިވާ 1 ރޯހައުސްއެވެ.

ޤުރުއަތުނެގުން ހަމަޖެހިފައިވާގޮތް

ރޯހައުސް ނަމްބަރ

ޤުރުއަތުގައި ބައިވެރިވާ ފަރާތްތައް

ގަޑި

މާފަލުހިޔާ C004

އެހެންރައްރަށުގެ ރައްޔިތުންގެ ތެރެއިން ރޯހައުސްލިބޭނޭކަން ކަށަވަރުވެފައިވާ 60 މީހުންގެ ތެރެއިން އަދިމިހާތަނަށް ރޯހައުސް ހަމަޖެހިފައިނުވާ 39 މީހުން

10:00

މާފަލުހިޔާ B001

ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ރޯހައުސްލިބޭނޭކަން ކަށަވަރުވެފައިވާ 100 މީހުންގެ ތެރެއިން އަދިމިހާތަނަށް ރޯހައުސް ހަމަޖެހިފައިނުވާ 65 މީހުން

13:00

 

ޤުރުއަތު ނެގުން ކުރިއަށްދާނީ 23 ޑިސެމްބަރ 2020 ވާ (ބުދަ) ދުވަހުގެ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައެވެ.

ގުރުއަތު ނެންގެވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި ފޮނުވާ ފަރާތަކީ ކޮންފަރާތެއްގެ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެންގޭނެފަދަ ސިޓިއަކާއެކު ފޮނުއްވުމުން އެފަރާތެއްގެ ގުރުއަތު ނެގުމުގެ ފުރުޞަތު ބަދަލުގައި ޙާޟިރުވާ ފަރާތަކަށް އެރުވޭނެއެވެ. ލިސްޓްގައިވާ ފަރާތާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައިޑިކާޑުގެ ކޮޕީ ސިޓިއާއެކު ހުށަހަޅުއްވަންވާނެއެވެ. އެއްވެސް ފަރާތެއް ޙާޟިރުވެވެން ނެތް ފަރާތްތަކުގެ ގުރުއަތު ނަގާނީ މިއިދާރާއިން ކަނޑައަޅާ ފަރާތަކުންނެވެ. އެއްވެސް ފަރާތެއް ހާޟިރުވެވެން ނެތް ފަރާތްތަކުގެ ގުރުއަތު ނަގާނީ ޙާޟިރުވި ފަރާތްތަކުގެ ގުރުއަތު ނަގާނިމުމަށްފަހު ލިސްޓްގެ ތަރުތީބުންނެވެ.

 

މި 2 ރޯހައުސް ނަމްބަރ ކޮޅުގެ އިތުރުން ޤުރުއަތު ފޮށީގައި ދެންހުންނާނީ ތަރުތީބު ނަމްބަރު ތަކެކެވެ.  މިކަމުގެ މަޤުޞަދަކީ މީގެ ފަހުން ދޫކޮށްލެވޭ ރޯހައުސްތަކަށް މިތަރުތީބުން މީހުން ހަމަޖެއްސުމެވެ.

ގުރުއަތުން ރޯހައުސް ލިބޭފަހުންވެސް އެފަރާތަކުން ދެއްވާފައިވާ މަޢުލޫމާތަކީ ޞައްހަނޫން މަޢުލޫމާތެއްކަން ނުވަތަ (އެފަރާތަކަށް ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާއަށް) ގޯތިގެދޮރު އޮތްފަރާތެއްކަން ސާބިތުވެއްޖެނަމަ އެފަރާތަކަށް ލިބިފައިވާ ރޯހައުސް އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ.

މާފަލު ހިޔާ'' ގެ މި 2 ރޯހައުސް އެނގޭނެ ޗާޓާއި ޤުރުއަތުގައި ބައިވެރިވެވޭނެ ފަރާތްތަކުގެ ލިސްޓް ކައުންސިލް އިދާރާގައި ބެހެއްޓިފައި ވާނެއެވެ.

22 ޑިސެންބަރު 2020
ހޯދާ