މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާއިދާ ޙިލާފަށް ވިލިމާލޭގެ 38 ނަންބަރު ބްލޮކް ގައި ބަހައްޓާފައި ހުރުމުގެ ސަބަބުން ނެގިފައިވާ ތަކެއްޗާއި ބެހޭ

އިއުލާން

ޤަވާއިދާ ޙިލާފަށް ވިލިމާލޭގެ 38 ނަންބަރު ބްލޮކް ގައި ބަހައްޓާފައި ހުރުމުގެ ސަބަބުން ނެގިފައިވާ ތަކެއްޗާއި ބެހޭ

 

 

             "ވިލިމާލޭގެ މަގުތަކާއި، އާންމުތަންތަނުގައި ތަކެތި ބެހެއްޓުމުގެ ޤަވާޢިދު" ނަންބަރު  R-64/2017 އާއި، ހުސްބިންތަކުގައި ތަކެތި ބެހެއްޓުމުގެ އުސޫލާއި ޚިލާފަށް 38 ނަންބަރު ބްލޮކްގައި ބަހައްޓާފައި ހުރުމުގެ ސަބަބުން މިކައުންސިލަށް ނެގިފައިވާ (ދަގަނޑު/އެސްލޯން ހޮޅި އަދި ހޮޅިބުރި، ޖެކް، ކޮންކްރީންޓް ދަގަނޑު، އެލްމިނިއަމް ދޮރު) މިތަކެތި މިއަދުން ފެށިގެން 05 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ ޖޫރިމަނާ ދެއްކެވުމަށްފަހު އެތަކެތީގެ ވެރިފަރާތުން ގެންދިއުމަށް އަންގާ އިޢުލާންކުރީމެވެ.

              މިމުއްދަތުގެ ތެރޭގައި ނުގެންގޮސްވާ ތަކެއްޗާއި މެދު މަތީގައި ދެންނެވިފައިވާ "މަގުމަތީ ތަކެތި ބެހެއްޓުމުގެ ޤަވާޢިދު"އާއި އެއްގޮތަށް އަމަލުކުރެވޭނެ ކަމުގައި އަންގާ އިޢުލާން ކުރީމެވެ.

  

           07 ރަބީއުލްއާޙިރު   1442 

           22 ޑިސެމްބަރު     2020

 

22 ޑިސެންބަރު 2020
ހޯދާ