ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚިދުމަތް 3 ނަންބަރ އިމާރާތް 6 މަސް ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

ޚިދުމަތް 3 ނަންބަރ އިމާރާތް 6 މަސް ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިއިމާރާތް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 20 ޑިސެމްބަރ 2020 (އާދީއްތަ) ދުވަހުން ފެށިގެން 24 ޑިސެމްބަރ 2020 (ބުރާސްފަތި) ދުވަހާއި ދެމެދު މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  •  މައުލޫމާތު ދިނުން – 27 ޑިސެމްބަރ 2020 ވާ (އާދީއްތަ) ދުވަހުގެ 09:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 29 ޑިސެމްބަރ 2020 ވާ (އަންގާރަ) ދުވަހުގެ 13:00 ގައި

މަޢުލޫމާތު ދިނުން އޮންލައިކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް، އަދި އޮންލައިންކޮށް ބައިވެރިނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑީގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ފޯރުކޮށްދެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެންނޯންނާނެ ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

20 ޑިސެންބަރު 2020
ހޯދާ