މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ނަންނޯޓުކުރުން

އިޢުލާން

 

2021 ވަނަ އަހަރު މިރަށު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދިނުމަށް ބޭނުންވާ ފަރާތްތަކުގެ ނަންނޯޓުކުރުމުގެ ފުރުޞަތު 2020 ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުންފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ. ވީމާ، ޢުމުރުން 18 އަހަރާއި 55 އަހަރުގެ ކަނބަލުންގެ ތެރެއިން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ މި ދަންނަވާ ސަރަޙައްދުތަކުގެ ތެރެއިން ސަރަޙައްދެއްގައި އެފަރާތެއްގެ ފުރިހަމަ ނަމާއި މިހާރު އުޅޭ އެޑްރެހާއި މޮބައިލް ނަންބަރު އެނގޭނޭގޮތަށް ނަން ނޯޓްކުރެއްވުން އެދެމެވެ.

އިޖުތިމާޢީ ސަރަޙައްދުތައް:

ސަރަޙައްދު 1 ( ޖެޓީ ސަރަހައްދު )

-  ސަރަޙައްދު 2 ( ބުންބަރުމަގު ސަރަޙައްދު )

-  ސަރަޙައްދު 3 ( ބޮޑުމަގު ސަރަޙައްދު )

-  ސަރަޙައްދު 4 ( ބޯޅަދަނޑު ސަރަޙައްދު )

-  ސަރަޙައްދު 5 ( ބަނދަރު ސަރަޙައްދު )

-  ސަރަޙައްދު 6 ( ސްކޫލް ސަރަޙައްދު )

 

                        ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ޑިސެންބަރު 2020
ހޯދާ