ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

    ނަންބަރު:   (IUL)462 /1/2020/02

ވަޒީފާގެ ފުރުޞަތު

 

       މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަގާމް:

އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން:

އެމް.އެސް-3

ބޭނުންވާ ޢަދަދު:

1

މަސައްކަތްކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން/ކ.މާލެ

އަސާސީ މުސާރަ:

7,300/- ރުފިޔާ

ލިވިންގ އެލަވަންސް:

4,000/- ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (3,285/- ރުފިޔާ)

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނުނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަގާމުގެ މަސައްކަތާގުޅޭ މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. ނުވަތަ

ސީނިއަރ އޮފިސަރ މަގާމުގައި ނުވަތަ މަގާމުގެ މަސައްކަތާގުޅޭ މިފެންވަރުގެ މަޤާމެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޖެހިޖެހިގެން 2 އަހަރު 85 އިން ސައްތަ މާކްސް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ޕްރޮކިއުމަންޓުގެ މަސައްކަތްތައް ރާވާ ހިންގުން.
  2. އޮފީސް އިމާރާތުގެ މަރާމާތާއި، ސެކިއުރިޓީއާއި، އިމާރާތުގެ އެތެރޭގެ އިންތިޒާމްތައް ރާވާ ހިންގުން.
  3. އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދައި، ކަނޑައެޅިފައިވާ މުއްދަތުގައި އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާގުޅޭ މަސައްކަތްތައް ރާވާ ހިންގުން.
  4. ރިސެޕްޝަނުން ދޭ ޚިދްމަތްތައް ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ދެވޭކަން ކަށަވަރުކުރުން.
  5. ކޮމިޝަންގެ އެކްޓިވިޓީ ކަލަންޑަރ އެކުލަވާލުމާއި، ކަލަންޑަރއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  6. ޤާނޫނުތަންފީޒް ކުރާ އިދާރާތަކާގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުން
  7. ޤާނޫނު ތަންފީޒް ކުރާ އިދާރާތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ޑިޒައިންކޮށް ހިންގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ü     ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

ü      ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

ü     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

ü     މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

ü     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް

 

ސުންގަޑި:

  • މިމަޤާމުތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2020 ޑިސެންބަރު 17  ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވުން އެދެމެވެ.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

 

24 ރަބީޢުލްއާޚިރު 1442

09 ޑިސެންބަރު 2020  

09 ޑިސެންބަރު 2020
ހޯދާ