ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނިން ހުސްވެފައިވާ ޑްރައިވަރގެ މަޤާމަށް މީހަކު ހޯދުމާއި ބެހޭ.

މިކުންފުނިން ހުސްވެފައިވާ ޑްރައިވަރގެ މަޤާމަށް މީހަކު ހޯދުމާއި ބެހޭ.

މަޤާމް : ޑްރައިވަރ ގރ.1

ބޭނުންވާ އަދަދު : 01 (އެކެއް)

މުސާރަ : -/4380 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް : 

  • އިތުރު ގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ ވަޒީފާއާއިބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.
  • އަދި ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.

މަޤާމުގެ ޝަރުތު :

  • ފޯކްލިފްޓާއި ކްރޭންފަދަ އުޅަނދުތައްދުއްވުމުގެ ލައިސަންސް އޮތުމާއިއެކު މިފަދަ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު މިތަނުން ދޭ ވެހިކަލް އޮޕަރޭޓްކުރުމުގެ ޓެސްޓަކުން ފާސްވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކުކަމުގައިވުން.

ސުންގަޑި :

  • 15 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި :

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އެކު)

ހުށަހަޅަންޖެހޭ އޮފީސް : 

  • ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް ، ހދ ކުޅުދުއްފުށީ
  • އީމެއިލް : [email protected]

ނޯޓް : މި އިޢުލާނާއި ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކޮއްފައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ސިޓީތައް ބާޠިލު ކުރެވޭނެއެވެ.

06 ޑިސެންބަރު 2020
ހޯދާ