މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންނާނެ ބޯހިޔާވަހިކަމެއްނެތި މާލޭ ސިޓީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ޙާލަތު ދެނެގަނެ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫޢުއާގުޅޭ

މުޖުތަމަޢުގައި އަށަގަންނަމުންދާ ނުރަނގަޅު އާދައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ " ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލަ " އަށް ހައްލެއް ހޯދުމުގެ މަސައްކަތް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ފަށާފައިވާތީ، މާލޭ ސިޓީގެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި، ދިރިއުޅެމުންދާ ފަރާތްތައް އެފަދަ ތަންތަނުގައި ދިރިއުޅޭ ފަދަ ގޮތަކަށް އުޅުމަކީ ކުރިންވެސް މަނާކުރެވިފައިވާކަމެއްކަމުގައި އިތުރަށް ހަނދާންކޮއްދިނުމުގެގޮތުން ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. 

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ކުރިއަށް ގެންދަވާ މި ޕްރޮގްރާމަކީ، މިފަދަ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއި ޚިދުމަތްތަކާއި ވަގުތީ ރައްކާތެރިކަންކަށަވަރުކޮށްދީ، ބޭނުންވާ އަސާސީ ހައްގުތައް ( ކާބޯތަކެއްޗާއި، އަންނައުނާއި، ބޯހިޔާވަހިކަން) ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަންފެށިފައިވާ މަސައްކަތުގެތެރެއިން ޙާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތަކަށް ވާތީ، މިފަދަ ހުރިހާ ފަރާތަކުންވެސް މި ޕްރޮގްރާމަށް އެއްބާރުލުންދެއްވައި، ޕްރޮގްރާމްގައި ބައިވެރިވުން އެދޭވާހަކަ ދަންނަވަމެވެ.

އަދި ސަރުކާރުން މި ފަދަ ޕްރޮގްރާމެއް އިޢުލާންކުރެއްވުމުން އެ ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާޢީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ އެފަދަފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅުއަޅާނެކަމުގައި ދެންނެވީމެވެ.  

ވީމާ، މިކަން ޢާއްމުކޮށް އެނގުމަށް އިޢުލާންކުރީމެވެ.

02 ޑިސެންބަރު 2020
ހޯދާ