ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުމަށް

ފުވައްމުލަކު ދިގުވާނޑުއަވަށު ރަނިކަ ގޯތީގެ ކުރިމާތީގައި އޮތް ހުސްބިމުގައި ހުރި ނަންބަރ 1,2 ޖަހާފައިވާ  ރުއްގަހުގެ ވެރި ފަރާތް ހޯދަން ބޭނުންވެއެވެ.

     ވީމާ، މިރުއްގަހުގެ ވެރިފަރާތުން 2020 ޑިސެމްބަރު 9 ވާ ބުދަ ދުވަހު 12:00 ގެ ކުރިން އެރުއްތަކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ގަހެއްކަން އެނގޭނެ ލިއުމަކާއިއެކު މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

02 ޑިސެންބަރު 2020
ހޯދާ