ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

     2021 ވަނަ އަހަރު ހިންނަވަރު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ހިންނަވަރު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކައުންސިލް އިދާރާއިން ޙަވާލުކުރާ މަޢުލޫމާތު ކަރުދާހުގައިވާގޮތުގެމަތިން 13 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ހިންނަވަރު ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.        މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާންޖެހޭ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމެއް ނޯންނާނެއެވެ.

އަދި މަޢުލޫމާތުސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލްއާއި، ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

       މަސައްކަތް ޙަވާލުކުރެވޭނީ ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

އެންމެ މަތިން ދެވޭނެ ޕޮއިންޓް

އަންދާސީ ހިސާބު މިންކުރުމުގައި ޕޮއިންޓްދެވޭނެ ކަންތައްތައް

#

70

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގަށް

1

10

ފަންނީ ތަޖުރިބާ އާއި ޤާބިލުކަން

2

20

ޕްރޮޕޯސަލްގައި މަޢުލޫމާތު ފުރިހަމަކޮށްފައިވާ ފެންވަރަށް

3

 

* ފަންނީ ތަޖުރިބާއާއި ޤާބިލުކަމަށް ޕޮއިންޓް ދެވޭނީ އެއިންކަމެއް ސާބިތުކޮށްދެވޭފަދަ ޞައްޙަ ލިޔުމެއް ހުށަހަޅާފައިވާނަމަ އެ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު އެ ލިޔުންތަކުގެ ނިސްބަތުން.

* ކޮންމެ ހުށަހެޅުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ރަޖިސްޓަރީ ކޮށްގެން ހިންގާ ވިޔަފާރިއެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައި ވާންޖެހޭނެއެވެ.

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.    

      

                        02 ޑިސެމްބަރ 2020

02 ޑިސެންބަރު 2020
ހޯދާ