ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ


01. 2021 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.    މި މަސައްކަތައް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ތަމްސީލްކުރާ ކުންފުނި / ވިޔަފާރި އެނގޭނެގޮތައް ސިޓީއަކާއިއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޞިރުވާއިރު ތަމްސީލް ކުރާ ކުންފުނި / ވިޔަފާރީގެ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) އިން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.

     މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިކަމަށްއެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި '' ކުނަހަންދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 02.  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ނޮވެމްބަރ 26 އިން 2020 ޑިސެމްބަރ 03  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

03.  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 03 ޑިސެމްބަރ 2020  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

04. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބަރ 07 ވާ ހޯމަ ދުވަހުގެ 11:00  ގައި މިސްކޫލް އޮފީހުގައެވެ.

05.  ބިޑް ހުށަހެޅުމާއި، ބިޑު ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 13 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.

06. ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުނަހަންދޫ ސްކޫލް

ފޯން: 6800744

އީ-މެއިލް: [email protected]

10 ރަބީޢުލްއާޚިރު 1442

25 ނޮވެމްބަރ 2020

25 ނޮވެންބަރު 2020
ހޯދާ