ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ގުޅޭ

ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެއްގަމު ލައިސަންސް އަލަށް ނެގުމަށާއި ކެޓަގަރީ އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުވައްމުލަކުން ލައިސަންސް ނެގޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އިން ބިދޭސީންނަށް ލައިސަންސްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ޤަވާޢިދު ނަންބަރ 2009/4  ( އެއްގަމު އުޅަނދު ދުއްވުމުގެ ލަސަންސް ދޫކުރުމުގެ ޤަވާޢިދު) ގައި ބަޔާންވެގެންވާ ކަންކަން ފުރިހަމަވުމުންނެވެ. އަދި މިފަރާތްތަކަށް ލައިސަންސް ދޫކުރެވޭނީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާޢިދު އެގޭތޯ ބެލުމަށް ބާއްވާ ތިޔަރީ އަދި ޑްރައިވިންގް އިމްތިހާނުން ފާސްވުމުންނެވެ.  

ވީމާ ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނެގުމަށާއި، ކެޓަގަރީ އިތުރުކުރުމުގެ ޚިދުމަތަށް އެދި މި އިދާރާ އަށް 18 ނޮވެމްބަރ 2020 އިން ފެށިގެން ހުށަހެޅޭނެ ކަމުގައި ދެންނެވީމެވެ.

16 ނޮވެންބަރު 2020
ހޯދާ