ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުމަށް

ފުވައްމުލަކު މާލެގަން އަވަށު ތްރަޝް ގޯތީގެ އިރުމަތީ ފަރާތު ބޭރުގައި ހުރި ނަންބަރު 01 ޖަހާފައިވާ ރުއްގަހުގެ މިލްކުވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މި ރުކުގެ މިލްކުވެރިފަރާތެއް ވާނަމަ 2020 ނޮވެންބަރު 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ރުކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިޔުމެއް ނުވަތަ ރުކުގެ މިލްކުވެރިކަން ސާބިތުކޮށްފައިވާ ކަމުގެ ޝަރުޢީ ލިޔުމާއިއެކު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން(ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރަތް) އަށް ހުށަހެޅުއްވުން އެދެމެވެ.

16 ނޮވެންބަރު 2020
ހޯދާ