ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

 ނަންބަރ:R-2020/83

 

އިޢުލާން

މި ކުންފުނީގެ ކ. ކާށިދޫ އިންޖީނުގޭ ގައިހުރި ބައެއް ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

24000BTU އެއަރ ކޮންޑިޝަނަރ 

01

18000BTU އެއަރ ކޮންޑިޝަނަރ

02

- އޮފީސް ގޮނޑި

04

-  KDK ފަންކާ

08

- 9KG އަލިފާން ނިއްވާ ފުޅި

04

-  މައިކްރޯ ވޭވް އަވަން

01

-  އެކި ސައިޒްގެ ކޭބަލް

 

400W މާކަރީ ލައިޓް

02

-  200 AMP ޑީސީ ބެޓަރީ

05

-  150 AMP ޑީސީ ބެޓަރީ

1

- ހުސް ފީފާ

25

މި ނީލަން ފެށޭ އަގަކީ 10,000.00ރ (ދިހަހާސް) ރުފިޔާ އެވެ.

ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 22 ނޮވެމްބަރ 2020 ވާ އާދިއްތަ 13:30ށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 26 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި 22 ނޮވެމްބަރ 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މި ތަކެތީގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 3338365 ފޯނާ ގުޅުއްވުން އެދެމެވެ.

                                   29 ރަބީޢުލްއައްވަލް 1442

 

 

 

 

15 ނޮވެންބަރު 2020
ހޯދާ