ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޓޯނަރ އާއި ޑްރަމްސް ނީލަންކިޔުން

 

އިޢުލާން ނަންބަރު:FNK-I/IUL/2020/249

 

އިޢުލާން

މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.                       

  • ޓޯނަރ އާއި ޑްރަމްސް

މިތަކެތި ނީލަން ފެށޭ އަގަކީ 60،000.00 (ފަސްދޮޅަސް ހާސް) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 1،000.00 (އެއްހާސް) ރުފިޔާ އެވެ.

               ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 15 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިކުންފުންޏަށް ވަޑައިގެން މިތަކެތީގެ މަޢުލޫމާތު ސާފު ކުރުމަށްފަހު، ހުށަހަޅުއްވާ އަގު އަދި އައި.ޑީ.ކާޑުގެ ފޮޓޯކޮޕީއަކާއެކު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު 18 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މިތަކެތި ނީލަން ނިމޭތާ ރަސްމީ 03 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި  ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މިތަކެއްޗާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ނަންބަރު 3018278 ފޯނާ ގުޅުއްވުން އެދެމެވެ.

 

10 ނޮވެންބަރު 2020
ހޯދާ