ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

            މިސްކޫލްގެ މައި އިމާރާތް އަދި ސްކޫލްގެ އެނެކްސް އިމާރާތުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިސްކޫލްގެ ނަންބަރ: IUL)IM/1/2020/21) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށައަޅުއްވާފައިނުވާތީ އެއިޢުލާން ބާތިލްކޮށް މިކަމަށް އެދި ހުށައެޅުމުގެ ފުރުސަތު އަލުންހުޅުވާލަމެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 10.00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ނޮވެމްބަރ 2020 ވާ  ހޯމަ ދުވަހުގެ ހެނދުނު 10.00 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. 

05 ނޮވެންބަރު 2020
ހޯދާ