މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބުރޯޑުކާސްޓުކުރުމުގެ ކޯޑު އޮފް ޕުރެކްޓިސްއާ ޚިލާފުވުމުން ދެވޭ އިންޒާރު

މިއީ 3 އަދި 4 މާރިޗު 2014ވަނަ ދުވަހު، ހ.ރަންރިނބިދޫގޭ އަޙްމަދު ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ދިޓީވީއިން ބުރޯޑުކާސްޓުކޮށްފައި ވަނީ އެ ފަރާތުގެ ޢިއްޒަތާއި ޤަދަރަށް އުނިކަން އަންނަ ގޮތަށް ކަމަށް ނިންމައި، އަދި މިއީ ބުރޯޑުކާސްޓުކުރުމުގެ ކޯޑު އޮފް ޕުރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއް ކަމަށް ކުރިންވެސް ނިންމާފައި އޮތް ކަމަކަށް ވާތީ އާއި މި ކަންކަމަށް ފިޔަވަޅު އެޅުމުން ވެސް އެއްވެސް އިސްލާހެއް ނުގެނެސް އެ ކަން ތަކުރާރު ކުރަމުންދާކަމަށް ފާހަގަކުރެވޭތީ އާއި އަދި މިއީ ބުރޯޑުކާސްޓުކުރުމުގެ ކޯޑު އޮފް ޕުރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަތަރު ވަނަ ފަހަރު ޚިލާފުވެގެން، "މި ފަދަ ކަމެއް ދެން ތަކުރާރު ކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު" 13 އެޕްރީލް 2014 ގައި ދިނުމުގެ ކުރިން ބުރޯޑުކާސްޓު ކޮށްފައިވާ ކޮންޓެންޓަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، އެ ފަދަ ހަރުކަށި އިންޒާރެއް މި މައްސަލައިގައި ދެވެން ނެތް ކަމަށް ކަނޑައަޅައި، ނަމަވެސް މި ފަދަ ކަމެއް ދެން ތަކުރާރު ކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުރޯޑުކާސްޓުކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން، ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެވޭ އިންޒާރެކެވެ. 

16 އޭޕްރިލް 2014
ހޯދާ