މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބުރޯޑުކާސްޓުކުރުމުގެ ލައިސަންސް ބާތިލުވުން

ބުރޯޑުކާސްޓުކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ނ)ގައި އަދި ބުރޯޑުކާސްޓުކުރުމުގެ ގަވާއިދުގެ 14ވަނަ މާއްދާގެ (ށ)ގެ 3ގައި، ބުރޯޑުކާސްޓުކުރަން ފެށުމަށް ކަނޑައަޅާފައިވާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ބުރޯޑުކާސްޓުކުރަން ފަށައިފައި ނުވާނަމަ ލައިސަންސް ބާތިލުވާނެކަން ބަޔާންކޮށްފައިވާތީއާއި މި ކޮމިޝަނުން ލައިސަންސް ދޫކުރާ ތާރީޚުން ފެށިގެން 12 މަސްދުވަސް ހަމަވާ ތާރީޚަކީ ޚިދުމަތް ފެށުމަށް ކަނޑައަޅާ ތާރީޚު ކަމަށާއި އަދި މީގެ އިތުރަށް ހިނގާ 12 މަސްދުވަހުގެ ފަހުން ބުރޯޑުކާސްޓުކުރަން ފަށާފައިނުވާނަމަ ލައިސަންސް ބާތިލުވާނެކަން މި ކޮމިޝަނުގެ ނަންބަރު.  IUL)427-LCM/PRIV/2013/6) (21 ފެބުރުވަރީ 2013) ގެ އިއުލާނުން ކަނޑައަޅާފައިވާތީ، ޤާނޫނާ އެއްގޮތްވާގޮތުގެމަތީން ތިރީގައި ބަޔާންކޮށްފައިވާ ޗެނަލުން ބުރޯޑުކާސްޓުކުރަން ފަށާފައިނުވާތީ، އެ ޗެނެލުގެ ވެރިފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުވެފައިވާކަން އާންމުކޮށް އަންގައި އިއުލާނުކުރަމެވެ.

ޗެނެލުގެ ނަން:  ޓީވީ 5

ލައިސަންސް ދޫކޮށްފައިވާ ކުންފުނި: ޓީވީ 5 ޕްރައިވެޓް ލިމިޓެޑް

ލައިސަންސް ނަންބަރު:        427-LCM/CML(TV)/2012/03

ލައިސަންދޫކޮށްފައިވާ ތާރީޚު:     17 އެޕްރީލް 2012

ބުރޯޑުކާސްޓުކުރަން ފެށުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚު:        17 އެޕްރީލް 2013

ބުރޯޑުކާސްޓުކުރަން ފަށާފައި ނުވުމުގެ ސަބަބުން ލައިސަންސް ބާތިލުވާ ތާރީޚު: 17 އެޕްރީލް 2014

ކުންފުނީގެ މަސްއޫލުވެރިން:

1) އަލްފާޟިލް ޝިހާމް މުހައްމަދު ވަހީދު، ހ.އާޒާދުވާދީ (ޑިރެކްޓަރ، ހިއްސާދާރެއް)

2) އަލްފާޟިލް ޙުސެއިން މުޙައްމަދު، ގ. ލިއެނާ (ހިއްސާދާރެއް)

3) އަލްފާޟިލް މުޙައްމަދު ސަލީމް، ގ. ލަންކާ (ހިއްސާދާރެއް)

4) އަލްފާޟިލް މުޙައްމަދު ނަޞްރު، އެޅެހިށިގެބޭރުގެ. ސ.ހުޅުދޫ (ހިއްސާދާރެއް)

            20 ޖުމާދަލްއާޚިރާ 1435

20 އޭޕްރިލް 2014
ހޯދާ