ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގައި ކުރަން ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އިޢުލާންވަނީ 13 ސެޕްޓެންބަރު 2020 11:41 ގައި ބާތިލް ކުރެވިފައެވެ.


ލ.ގަމު ކައުންސިލް އިދާރާގެ ކުރަންޖެހޭ މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުންފުނި، ފަރުދުންގެ ވިޔަފާރިތަކުން ތިރީގައި މި ދަންނަވާ ގަޑިތަކަށް މި އިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން

ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ

އާދީއްތަ

13 ސެޕްޓެމްބަރ 2020

13:00

އަންދާސީ ހިސާބު ހުށަހެޅުން

ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ

ބުރާސްފަތި

17 ސެޕްޓެމްބަރ 2020

13:00

 

މަޢުލޫމާތު ދިނުން އޮންނާނީ ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ. މަޢުލޫމާތު ލިބިގަތުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެވެސް އެއް ފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ސާފުކޮށް އެސްޓިމޭޓު ހުށަހަޅަން ޖެހޭނީ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ނަމުގައެވެ. ކައުންސިލް އިދާރާއަށް ދުރުވާއިރު މާސްކު އެޅުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

  19  މުޙައްރަމް 1442 

   7 ސެޕްޓެމްބަރ 2020

07 ސެޕްޓެންބަރު 2020
ހޯދާ