މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

 

މަޤާމް:       ވަގުތީ މަސައްކަތު  (ވޭޖް އެމްޕްލޯއިމަންޓް)

ބޭނުންވާ ޢަދަދު:02

މުސާރަ:      މިމަޤާމަށް ނަގާ މުވައްޒަފުންނަށް އުޖޫރަދެވޭނީ މަސައްކަތް ކުރާގަޑިއަކަށް 45/- ރުފިޔާ ރޭޓުންނެވެ.

އޮފީސް:      ނ. މާޅެންދޫ ކައުންސިލުގެ އިދާރާ

މަޤާމުގެ ރޭންކް:އެސް. އެސް 1

މަޤާމުގެ ޝަރުޠު:ލިޔަންކިޔަން ދަތުމާއިއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން

މަޤާމުގެ

މަސްޢޫލިއްޔަތު:  1. މަސައްކަތް ކުރަންޖެހޭ ވަގުތު ދުވާލަކަށް 5 ގަޑިއިރު (ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް)

2. ކޮންމެ ނަމާދުވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް މިސްކިތާއި، ވަޅުދޮށައި ވުޟޫކުރާ އިސްކުރުބަރި އާއި އަދި ފަޚާނާތައް ސާފުކުރުމާއި، ކޮންމެނަމާދުވަގުތެއް ޖެހުމުގެ ކުރިން ފަންކާތައް ޖެހުމާއި، ރޭގަނޑުގެ ނަމާދު ވަގުތު ތަކުގައިލައޓްތައް ދިއްލުމާއި އަދި ނަމާދުގެ ޖަމާޢަތް ނިމުމުން، ވުޟޫކުރާ އިސްކުރު ބަރިއާއި، މިސްކިތު ފެންޑާއާއި ވަޅުދޮށް ސާފުކުރުމުގައި 15 މިނިޓް ހޭދަކުރުން. ފަންކާތަކައި ލައިޓްތައް ނިންވުން.

3. މިސްކިތުގެ ތެރޭގައި ބެހެއްޓިފައިވާ އެންމެހާތަކެއްޗާއި ހަރުކުރެވިފައިވާ އެންމެހާ ތަކެތި ސާފޮކޮށް ބެލެހެއްޓުމާއި ، މިސްކިތަށާއި އެއިން އެއްޗަކަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަކަމެއް ފާހަގަކުރެވުމުންނާއި، އަދި ގެއްލުމެއް ލިބިފައިވާނަމަ އެކަން ދުވަހުން ދުވަހަށް ސުޕަވައިޒަރަށް  ރިޕޯޓްކުރުން

4. ނަމާދު ވަގުތު ތަކަށް މިސްކިތް ފޮޅާ ސާފުކުރުމަށް ހޭދަކުރާ ވަގުތުތަކުގެ އިތުރުން ކޮންމެ ދުވަހަކު 2 ގަޑި އިރާއި، 30 މިނިޓް މަސައްކަތުގައި ހޭދަކޮށް، ދުވާލަކު 1ފަހަރު މިސްކިތުގެ އެތެރެއާއި ބޭރާއި، ވުޟޫކުރާ އިސްކުރުބަރި އާއި، މިސްކިތުގެމަގާއި ގޯތިތެރެ ސާފުކުރުމާއި، ކޮންމެ 2 މަހަކުން 1 ފަހަރު ފެންވަޅު ދިޔަހިއްކާ ސާފުކުރުން.

5. މިސްކިތު ގޯތިތެރޭގައި ގަސްއިންދާ ބެލެހެއްޓުމާއި،މިސްކިތައް ގެނެވޭ ތަކެތި ގުދަންކޮށް ބެލެހެއްޓުމާއި، އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުން.

6. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލް އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތަކާއި، އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ވަޒީފާގެ އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:   1. ތައުލީމާއި ތަމްރީނު

2. މަސައްކަތުގެ ތަޖުރިބާ

            3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމުގެ ސިފަތައް

މިމަޤާމަށް މީހަކު ހޮވުމަށް

ބާއްވާ އިންޓަވިއުއާއި

ޕުރެކްޓިކަލްސް އާއި

އިމްތިހާނުކުރުން އޮންނާނެ

 ތާރީޙާއި ތަން:  މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕުރެކްޓިކަލްސް އާއި އިމްތިހާނުކުރުން އޮންނާނެ ތާރީޙާއިތަން، އިޢުލާނުގެ މުއްދަތު ހަމަވާތާއި މަސައްކަތުގެ 15 ދުވަހުގެ ތެރޭގައި ކުރިމަތިލީ ފަރާތްތަކަށް އެންގޭނެއެވެ. 

 

ހުށަހަޅަންޖެހޭ

ލިޔުންތައް:    1. ފުރިހަމަކޮށްފައިވާ ސިވިލްސާރވިސް ވަޒީފާއަށް އެދޭފޯމް ( ސިވިލް ސާރވިސް ވަޒީފާއަށް އެދޭ ފޯމް ، ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި، އަދި ނ. މާޅެންދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސާރވިސްއަށް ނުވަތަ ސަރުކާރަށް ހިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތް ކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ( ރާއްޖޭން ބޭރުގެ ތައުލީމީ އިންސްޓިއުޓަކުން ނުވަތަ ރާއްޖޭގެ ތައުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖޭން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސް ކުރިޕްގެ ކޮޕީ)

4. ލިބިފައިވާ ތަޖުރިބާ ދަލީލްކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަނުން މަސައްކަތްކުރި ތަންތަނުން މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތައް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެ ފުށުގެ ކޮޕީ ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް )

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ) ( ގުޅޭނެ ނަމްބަރާއި އީމެއިން އެޑްރެސް ހިމެނޭގޮތައް )

 

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި:     10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނ. މާޅެންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:     މިމަޤާމަށް ނެގޭ މުވައްޒަފުން މަސައްކަތް ކުރަންޖެހޭނީ ދާއިމީ މުވައްޒަފުން ހަމަޖެހެންދެންނެވެ.

މިމަޤަމަށް އިންޓަވިއު ކުރެވޭނީ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6560026 ފޯނާއެވެ.

02 ސެޕްޓެންބަރު 2020
ހޯދާ