މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މަސައްކަތްކުރައްވާ ފްރަންޓްލައިން މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖެއްސުމަށް

ކޮވިޑް-19 އާއި ގުޅިގެން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މަސައްކަތްކުރައްވާ ފްރަންޓްލައިން މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖެއްސުމަށް، މިކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 30 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 07 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 14:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (ދަރުބާރުގެ، އަމީނީމަގު) ގައެވެ.

މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުމަށް ދެންނެވީމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

09 މުޙައްރަމް 1442

28 އޮގަސްޓް 2020
ހޯދާ