މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުވެހި ޢިމާރާތުން ހުސްވެފައިވާ 3 ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލުން

އިޢުލާން

ވިލިމާލެ އެދުރުވެހީގައި 2 ކޮޓަރީގެ 3 ފްލެޓް ހުސްވެފައިވާތީ، އެދުރުވެހީގެ ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލް ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން އެދުރުވެހި ޢިމާރާތުން ހުސްވެފައިވާ ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.

ވީމާ، އެދުރުވެހި ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލްގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން "އެދުރުވެހީގެ ފްލެޓަށް އެދޭ ފޯމް" މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑް ކުރައްވައިގެން ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ (އުސޫލްގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ) ލިޔުންތަކާއެކު "އެދުރުވެހީގެ ފްލެޓަށް އެދޭ ފޯމް" 2020 އޮގަސްޓް 27 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2020 ސެޕްޓެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 14:00 އަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުގެ އިދާރާ/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 9 ވަނަ ފަންގިފިލާ ގެ ކައުންޓަރަށް ވަޑައިގެން ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

އެދުރުވެހި ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / އެދުރުހިޔާ  9 ވަނަ ފަންގިލާގެ ނޯޓިސްބޯޑްގައާއި އެދުރުވެހީގެ ނޯޓިސް ބޯޑްގައި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް www.moe.gov.mv ގައި ޝާއިޢުކޮށްފައި ވާނެއެވެ.  

26 އޮގަސްޓް 2020
ހޯދާ