މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

އިންވެސްޓަރ ރިލޭޝަންސް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.(

ޖުމްލަ މުސާރަ އާއި އިނާޔަތްތައް:        

  • 12,900/-
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީ ޓަވަރ

ޝަރުޠު                 

  • ބިޒްނަސް  އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން، ޤާނޫނީ ދާއިރާއިން ނުވަތަ މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނީގެ މައްޗަށް ހިނގާ އެންމެހާ ޤާނޫނަތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުންފުނީގެ އެންމެހާ ޕޮލިސީތަކާއި ޕްރޮސީޖަރތައް ތަންފީޒުކުރުމުގައި އެހީތެރިވެދިނުން.
  • ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޑިރެކްޓަރުންނާބެހޭ މަޢުލޫމާތު ކުންފުންޏާއި/ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ޙިއްޞާކުރުމާބެހޭ އެންމެހާ ކަންކަމެއް ހަމަޖެއްސުން.
  • ކުއާރޓަރލީ ރިޕޯޓް ތައްޔާރުކުރުން.
  • އަހަރީ ރިޕޯޓަށް މަޢުލޫމާތު އެއްކޮށް އެ ރިޕޯޓް ތައްޔާރުކުރުން.
  • ޑިރެކްޓަރުންގެ ބޯޑާއި ބޯޑުގެ ސަބް-ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމުކޮށް ހަމަޖެއްސުން.
  • ޑިރެކްޓަރުންގެ ބޯޑާއި ބޯޑުގެ ސަބް-ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.
  • އަހަރީ ޢާއްމު ޖަލްސާއަދި ކުންފުނީގެ ޙިއްޞާދާރުންގެ އެހެނިހެން ޖަލްސާތައް އިންތިޒާމްކޮށް އެޖަލްސާތައް ބޭއްވުމުގައި އެހީތެރިވެދިނުން.
  • ކޮމްޕެނީ ސެކްރެޓަރީގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި އެފަރާތަށް އެހީތެރިވެދިނުން.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 25 އޮގަސްޓް 2020  އާ 23 އޮގަސްޓް 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އޮގަސްޓް 2020  ވަނަ ދުވަހުގެ 15:00 ގެ ކުރިން "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް ނުވަތަ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. އެޕްލިކޭޝަން ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން  ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001149 / 3001120 

އީމެއިލް: [email protected]         

އިތުރު މަޢުލޫމާތު:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ. (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއު އަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

19 އޮގަސްޓް 2020

19 އޮގަސްޓް 2020
ހޯދާ