ދިވެހިރާއްޖެ
އިޢުލާން
|
އއ. ހިމަންދޫ ކުޑަކުދިންގެ ޕާކް ގެ އެއްމެހައި މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން.
އއ.ހިމަންދޫ ކުޑަކުދިންގެ ޕާކު ގެ އެއްމެހައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމުގެ ޝައުޤުވެރިވެލައްވާ ފަރާތްތަކުން އއ. ހިމަންދޫ ކައުންސިލަށް ރަޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިފެން 31 އޯގަސްޓް 2020 އާއި ދެމެދު ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 13:00 އާއި ދެމެދުގައެވެ. ރަޖިސްޓްރީކުރެއްވުމަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ފާޠިމަތު ޝަނާޒް މޮބައިލް ނަންބަރ 9147185 އާއި ގުޅުއްވައިގެން ރަޖިސްޓްރީކުރުމުގެ ކަންތައް ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ. އއ. ހިމަންދޫ ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން:
މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 1 ސެޕްޓެމްބަރ 2020 ވާ ( އަންގާރަ ) ދުވަހުގެ 10:00 ގައި އއ. ހިމަންދޫ ކައުންސިލްގެ އިދާރާ ގައެވެ.
ބިޑް ހުޅުވުން
މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 10 ސެޕްޓެމްބަރ 2020 ވާ ( ބުރާސްފަތި ) ދުވަހުގެ 10:00 ގައި އއ. ހިމަންދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ދިވެހިރާއްޖޭގައި ކަމާބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ސާފުކުރުން.
މިމަސައްކަތާއި ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ- މެއިލް ކުރައްވާނި 10 ސެޕްޓެމްބަރ 2020 ވާ ( ބުރާސްފަތި ) ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.