ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަގަށް އަރާ ރުއްގަހަށް ބަދަލުދިނުމާބެހޭ

އިޢުލާން

މަގުމަގަށް އަރާ ރުއްގަހަށް ބަދަލުދިނުމާބެހޭ

އަލަށް ގޯތި ދޫކޮށްފައިވާ ސަރަޙައްދުތަކުގެ މަގުތަކުގައިވާ ތިރީގައި މިދަންނަވާ ނަމްބަރުތައް ޖަހާފައިވާ ރުއްތައް ކަނޑަން ބޭނުންވެއެވެ. މިރުއްތަކުގެ ވެރިފަރާތް ހޯދުމަށް މީގެ ކުރިން ކުރި މިއިދާރާގެ ނަންބަރު IUL393.2019.51  އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ވެރިފަރާތް އަންގާފައިނުވާތީ، މިއީ މިއިއުލާން ކުރެވޭ ދެވަނަފަހަރެވެ. މިރުއްތަކަކީ ވަރަށް އަވަހަށް ކަނޑަން ޖެހިފައިވާ ރުއްތަކަކަށްވާތީ، މިއިޢްލާނަށް އިޖާބަ ނުދީ ރުއްތަކުގެ ވެރިފަރާތް ނާންގާ ރުއްތަކަކީ ވެރިފަރާތް ނެތް ރުއްކަމުގައި ބަލައި އެ ރުއްތަކަކީ ރައްޔިތުންގެ ރުއްކަމުގައި ބެލެވޭނެ ވާހަކަ ދެންނެވީމެވެ.

1-     ރަންގުދުކޮޅު ހިނގުން 66، 67

2-     ރޯޝަނީމަގު 68، 69، 70

3-     ހަންޑިދުށްމަގު 01،  02 04 ، 03، 21 ،22، 31، 32،  28، 29

4-     މުޙައްމަދު ޞާލިޙްމަގު 34، 35

ރުއްގަހުގެ ބަދަލުގައި ދޭންޖެހޭ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑް- 19 ގެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކައުންސިލް ގައި ރުއްގަސް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ބޭންކް އެކައުންޓަށް ޓަރާންސްފަރ ކުރާގޮތަށެވެ.

ވީމާ، މިދެންނެވި ރުއްގަހުގެ ވެރިފަރާތްތަކުން ރުއްގަހުގެ ބަދަލުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާ ޖަމާކުރަންބޭނުންވާ ބޭންކް އެކައުންޓް ނަމްބަރ އާއި އެކައުންޓްގެ ވެރިފަރާތުގެ ނަން އެނގޭނެ އިތުބާރުހިފޭ ލިޔުމަކާއެކު (އެކައުންޓް ނަމްބަރ އެނގޭނެ ސްލިޕްކޮޅެއް ނުވަތަ ޗެކް ގެ ފޮޓޯކޮޕީއެއް) ރުކުގައި ޖަހާފައިވާ ނަމްބަރު އެނގޭނެގޮތަށް ލިޔުއްވައި 25 އޮގަސްޓް 2020 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން  މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

           23 ޛުލްޙިއްޖާ 1441  

           13 އޮގަސްޓް 2020          

13 އޮގަސްޓް 2020
ހޯދާ