ދިވެހިރާއްޖެ
ނީލަމަށް ފޮނުވާ ތަކެތި
މަޑަވެލީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަކެތީގެ ތެރެއިން ބޭނުންނުކުރެވޭވަރަށް ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދައުލަތުގެ މުދާ އެއްއޮފީހުން އަނެއްއޮފީހަށް ބަދަލުކުރުމާއި، ބައުވެހަލާކުވެގެން ނުވަތަ ބޭނުން ކުރެވެންނެތް ދަޢުލަތުގެ މުދާ ނީލަން ކިއުމާއި ނައްތާލުމާއި ގުޅޭ އުޞޫލުގެ 2 ގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންވޭތޯ ބެލުމަށް (ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ޗެކުކުރާ ފޯމް އާއިއެކު) ޢާއްމުކޮށް އިޢުލާން ކުރަމެވެ.
ވީމާ، މިތަކެތި ސަރުކާރުގެ އިދާރާއަކުން ބޭނުންވާނަމަ، ތަކެތީގެ ޢަދަދާއި ތަފްޞީލް އެނގޭނެހެން 23 އޮގަސްޓް 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ނީލަމަށް ފޮނުވާ ތަކެތި ބެލުމުގެ އިންތިޒާމް ރަސްމީ ގަޑީގައި 13 އޮގަސްޓް 2020 އިން 23 އޮގަސްޓް 2020 އަށް ކޮންމެ ދުވަހަކު ހެދުނު 09:00ން 14:00 (ރަސްމީގަޑީގައި) މިއިދާރާގައި ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ދަޢުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ޗެކުކުރާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ހަމީޒް އަޙްމަދު
ކައުންސިލްގެ ރައީސް