ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާބެހޭ ޤަވާޢިދު 2020

 

 

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ

 ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާބެހޭ ޤަވާޢިދު  2020 

            

06 އޮގަސްޓު 2020

 

 

ނަންބަރު: 01/2020TTAM/ExCom/Res/

 

 

 

 

              ސަފްހާ: 8 /1

 

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާބެހޭ ޤަވާޢިދު 2020

 

ތަޢާރަފްއާއި ނަން

  1. (ހ) މިޤަވާއިދަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމެޓީގެ އިންތިޚާބީ ދައުރު 2020 – 2024 އަށް، ހިންގާ ކޮމެޓީގެ މެމްބަރުން އިންތިޚާބު ކުރުމާ ބެހޭ ޢާއްމު އުޞޫލުތަކާއި ކަންކަން ބަޔާންކުރާ ޤަވާއިދެވެ.

(ށ) މިޤަވާއިދަށް ކިޔަނީ " ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާބެހޭ ޤަވާޢިދު 2020" އެވެ.

މަޤުސަދު

  1. މި ޤަވާއިދުގެ މަޤްސަދަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީ ހޮވާ މިއިންތިޙާބަކީ ދިމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ފުރިހަމަ މެންބަރުންގެ ބައިވެރިވުން އޮންނަ، ހާމަކަން ބޮޑު އަދި އިތުބާރުކުރަނިވި ގޮތުގެމަތިން ބޭއްވޭ މިނިވަން އިންސާފުވެރި އިންތިޙާބެއްކަން ޔަޤީން ކުރުމެވެ.

އިންތިޙާބީ ދައުރު

 

  1. (ހ) ހިންގާ ކޮމެޓީގެ ދައުރަކީ 4 (ހަތަރު) އަހަރުގެ މުއްދަތެވެ.

(ށ) އިންތިޚާބީ ދައުރު 2020 – 2024 ގެ ފެށޭ ތާރީޚަކީ 01 އޮކްޓޫބަރު 2020 އެވެ. އަދި ދައުރު ހަމަވާ ތާރީޚަކީ 30 ސެޕްޓެންބަރު 2024 އެވެ.

(ނ) މިމާއްދާގެ (ށ) ގައި ބަޔާން ކުރެވިފައިވާ ތާރީޚްތައް މިގޮތަށް ހަމަޖެއްސީ ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެން، ކުރިން އިންތިޚާބު ބާއްވަން ޖެހޭ މުއްދަތުގައި، މާލެ ފުރަބަންދެއްގައި އޮތުމުން، އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތުމުން، މިކަމުގެ ލަފާއަކަށް ކޮމިޝަނަރ އޮފް ސްޕޯރޓްސް އަށް ދަންނަވައި، ކޮމިޝަނަރ އޮފް ސްޕޯރޓްސް ދެއްވާފައިވާ މުއްދަތަށް ރިއާޔަތް ކޮށްގެންނެވެ. މިގޮތުން ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ ނަންބަރު 05/2020/TTAM/COS-141 (10 ޖޫން 2020)  ސިޓީ އަދި މީގެ އިތުރުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ކޮވިޑް 19ގެ ބަލިމަޑުކަމާއި ގުޅިގެން ނެރުއްވާފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.  

އިންތިޙާބުގެ ތާރީޚް

  1. 4.      (ހ) އިންތިޚާބް ބޭއްވޭނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލސްޑިވްސްގެ ހިންގާ ކޮމިޓީ އިން އިންތިޚާބް ބާއްވަން ފާސްކޮށްފައިވާ ތާރީޚު ކަމުގައިވާ80 ސެޕްޓެންބަރު 2020 ވަނަ ދުވަހުއެވެ.

 

 

                                        ސަފްހާ: 8 /2

(ށ)  ކޮވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން، ޢަންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓަން ސަރުކާރުގެ ކަމާއި ގުޅުންހުރި ފަރާތްތަކުން ނިންމަވައިނަމަ، މިއިންތިޚާބު ބޭއްވޭނެ ތާރީޚެއް ކަނޑައަޅުއްވާ ދެއްވުމަށް  ކޮމިޝަނަރ އޮފް ސްޕޯރޓްސް އަށް ދަންނަވާގެން ކޮމިޝަނަރ އޮފް ސްޕޯރޓްސް ދެއްވާ ލަފާގެ މަތިން ޢަމަލު ކުރެވޭނެއެވެ.

(ނ) މި އިންތިޚާބް ބޭއްވޭނީ މި ކަމަށްޓަކައި (08ސެޕްޓެންބަރު 2020) އެދުވަހު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަނޑައަޅާ ތަނެއްގައި، ކަނޑައަޅާ ވަގުތެއްގައި   ބޭއްވޭ އާންމު ޖަލްސާއެއްގައެވެ.

(ރ) އެއްވެސް ސަބަބަކާ ހުރެ މިއިންތިޚާބު ބާއްވަން ކަޑައަޅާފައިވާ ތާރީޚުގައި އިންތިޚާބް ބޭއްވެން ނެތްނަމަ، ހިންގާ ކޮމިޓީއިން އަލުން ތާރީޚެއް ކަނޑައަޅާ، މި އިންތިޚާބު ބާއްވަން ދެން ކަނޑައެޅޭ ތާރީޚުގެ 7 ދުވަސް ކުރިން މެމްބަރުންނަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެދަށުން އަލުން ކަނޑައަޅާ ތާރީޚަކީ ހަމައެކަނި ތާރީޚުފަސް ކުރުމެއްކަމުގައިވާތީ، މިމާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި، ކުލަބްތަކުން އަދި އިންތިޚާބުގައި ވޯޓުލެވޭ މިއެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންގެ ލިސްޓަށް އެއްވެސް އުނި އިތުރުކަމެއް ނުގެނެވޭނެއެވެ. އަދި މިޤަވާޢިދުގެ ހުރިހާ މާއްދާ އަކަށް ޢަމަލު ކުރެވޭނެއެވެ.

އިންތިޚާބް އިޢްލާން ކުރުން

  1. (ހ) އިންތިޙާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ 25 ދުވަސް ކުރިން އިންތިޙާބުކުރެވޭނެ މަގާމުތައް ބަޔާންކޮށް އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮތްކަން އަންގާ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މިމާއްދާގެ (ހ)ގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތީން ކުރެވޭ އިއުލާނުގައި ކުރިމަތިލުމުގެ މުއްދަތު މަދުވެގެން 11 ދުވަސް ދޭންވާނެއެވެ.

(ނ) އިންތިޚާބާއި ބެހޭ މައުލޫމާތު އާންމު ކުރެވޭނީ ސަރުކާރުގެ ގެޒެޓް މެދުވެރިކޮށެވެ.

އިންތިޚާބުގެ މަޤާމުތަކަށް ކެންޑިޑޭޓެއްގެ ގޮތުގައި  ކުރިމަތިލުން

  1. (ހ) ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ މަގާމަކަށް ކުރިމަތިލާން ބޭނުންވާ ފަރާތް ތަކުން، ކުރިމަތިލާން ބޭނުންވާ މަޤާމް ބަޔާންކޮށް، 20          އޮގަސްޓު 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. މިގޮތުން ފޮނުވާ ލިޔުމާއި، ލިޔުމާއިއެކު ހުށަހަޅަންޖެހޭ ތަކެތި އީމެއިލް މެދުވެރިކޮށް ޓޭބަލް ޓެނިސް އެސޯސިއޭޝަން

ސަފްހާ: 8 /3

އޮފް މޯލްޑިވްސްގެ [email protected] އަށް ފޮނުވިދާނެއެވެ.                                               

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމާއިއެކު އައި.ޑީ.ކާޑު ނުވަތަ ޕާސްޕޯޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

(ނ) ކުލަބް ޖަމިއްޔާ ތަމްސީލް ކުރާ މެމްބަރު ފިޔަވާ އެހެން މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފުރިހަމަ މެމްބަރުން ކަމުގައި ވާންވާނެއެވެ. އަދި މިކުލަބު ތަކަކީ ކަމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓަރީ ވެފައިވާ ކުލަބްތައް ކަމުގައި ވާންވާނެއެވެ.

(ރ) ކުލަބް ޖަމިއްޔާ ތަމްސީލް ކުރާ މެމްބަރުގެ މަޤާމަށް ކެންޑިޑޭޓުން ހުށަހަޅަންވާނީ އެކުލަބް ޖމްޢިއްޔާގެ ފަރާތުންނެވެ.  އަދި އެކުލަބު ނުވަތަ ޖަމިއްޔާ އަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފުރިހަމަ މެމްބަރަކަށް ވާންވާނެއެވެ.

(ބ) ހިންގާ ކޮމިޓީގެ ގެ މަޤާމްތަކަށް ކުރިމަތި ލީ ފަރާތްތަކުގެ ނަންތައް، 23 އޮގަސްޓު 2020 ވަނަ ދުވަހު، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ނޯޓިސް ބޯޑްގައި ޝާއިޢްކޮށް މެމްބަރުންނަށް އަންގަންވާނެއެވެ.

(ޅ) ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ކަނޑައެޅޭނީ އެ ފަރާތްތަކުން ކުރިމަތިލާ ތަރުތީބުންނެވެ.

އިންތިހާބީ މަޤާމުތައް

  1. އިންތިޚާބީ މަޤާމު ތަކުގައި ހިމެނެނީ  އަންނަނިވި 7 މަޤާމެވެ.

(ހ) ރައީސް

(ށ) ނާއިބު ރައީސް

(ނ) ހަޒާންދާރު

 

(ރ) ފުރިހަމަ މެންބަރުންގެ ގޮތުގައި ހިމެނޭ ކުލަބު ޖަމިއްޔާތަކުން 1 (އެކެއް) މެންބަރު

(ބ) ފަރުދީ މެންބަރުންގެ ތެރެއިން 1 (އެކެއް) ފިރިހެން މެންބަރު

(ޅ) ފަރުދީ މެންބަރުންގެ ތެރެއިން 1 (އެކެއް) އަންހެން މެންބަރު

(ކ) އެސޯސިއޭޓް މެންބަރުން ތަމްސީލުކުރާ 1 (އެކެއް) މެންބަރު

(އ) މަޤާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ކުރިމަތިލެވޭނީ ހަމައެކަނި 1 (އެކެއް) މަޤާމަށެވެ.

 

 

ސަފްހާ: 8 /4

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް އެކުލަވާލުން

  1. (ހ) މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙާއްޤު ލިބިފައިވާ މެންބަރުންގެ ގޮތުގައި ބެލެވޭނީ 20 އޮގަސްޓު 2020  ވަނަ ދުވަހުގެ 14:00ގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފުރިހަމަ މެމްބަރުކަން ކަށަވަރު ކޮށްފައިވާ ފަރާތްތަކެވެ.  

(ށ) ޓީމް އިވެންޓެއްގައި ބައިވެރިވެގެން ފުރިހަމަ މެންބަރު ކަމަށް ހުށަހެޅޭނީ ހަމައެކަނި ޓީމްގެ ކުޅުންތެރިން، ކޯޗު އަދި މެނޭޖަރެވެ.

(ނ) ފުރިހަމަ މެންބަރުންގެ ލިސްޓް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީ އިން ވެރިފައި ކުރަންވާނެއެވެ.  

(ރ) މި އިންތިޚާބުގައި ކުލަބު/ޖަމިއްޔާ އިން ހޮވާ މެންބަރު ހޮވުމަށްޓަކައި ކުލަބު އަކުން ވޯޓުދޭ ފަރާތަކީ ކުލަބުން ކަނޑައަޅާފައިވާ ފަރާތްކަން ބަޔާންކޮށް ކުލަބު/ޖަމިއްޔާއިން ސިޓީއަކުން ހުށަހަޅަންވާނެއެވެ. މިވޯޓު ލެވޭނީ މިގޮތުން ކަނޑައަޅާ ފަރާތަތްތަކަށް އެކަންޏެވެ.

(ބ) ކުލަބު / ޖަމިއްޔާގެ ފަރާތުން ވޯޓުލުމަށް ކަނޑައަޅާ ފަރާތަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފުރިހަމަ މެންބަރެއްނޫންނަމަ، އެފަރާތަކަށް ވޯޓުލުމުގައި ބައިވެރިވެވޭނީ ހަމައެކަނި ކުލަބު / ޖަމިއްޔާގެ ފަރާތުން ހޮވާ މެންބަރު ހޮވުމަށްލެވޭ ވޯޓުގައެވެ. އެހެންނަމަވެސް ކުލަބު / ޖަމިއްޔާ އިން ވޯޓުލުމަށް ކަނޑައަޅާ ފަރާތަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފުރިހަމަ މެންބަރެއްނަމަ، އެފަރާތަކަށް ކުލަބު / ޖަމިއްޔާ އިން ހޮވާ މެންބަރު ހޮވުމަށްލެވޭ ވޯޓުގެ އިތުރުން ޢާންމު މެންބަރުން ހޮވުމަށް ލެވޭ ވޯޓުގަވެސް ބައިވެރިވެވޭނެއެވެ.     

  1. (ހ) އިންތިޚާބްގައި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ ފުރިހަމަ މެންބަރުންގެ ލިސްޓް  23 އޮގަސްޓު 2020  ވަނަ ދުވަހު، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯޓިސްބޯޑުގައި ޝާއިއު ކުރަންވާނެއެވެ.

 

(ށ) މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް އަދި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފުރިހަމަ މެންބަރުންގެ ލިސްޓާމެދު އެއްވެސް ފަރާތެއްގެ ޝަކުވާ އެއްވާނަމަ 26 އޮގަސްޓު 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

(ނ) މިލިސްޓަށް ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ހުށަހެޅި ޝަކުވާ އާއި މެދު ނިންމި ނިންމުން، 30 އޮގަސްޓު 2020 ވަނަ ދުވަހު، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިދާރާއިން އިން ލިޔުމަކުން އަންގަންވާނެއެވެ.

 

ސަފްހާ: 8 /5

 

އިންތިޚާބު ކުރާގޮތް

  1. (ހ) ހިންގާކޮމެޓީގެ މަޤާމުތަކަށް މީހުން އިންތިޚާބުކުރާނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފުރިހަމަ މެންބަރުންގެ ތެރެއިން އިންތިޚާބް ބޭއްވުމަށްޓަކައި ބާއްވާ ޢާންމު ޖަލްސާ އަށް ޙާޒިރުވާ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މެމްބަރުންގެ މެދުގައި ނެގޭ ސިއްރުވޯޓަކުންނެވެ.

(ށ) 10 (ހ) ގައި ބަޔާން ކުރެވިފައިވާ ޖަލްސާ ގައި ވޯޓު ދޭން ބޭނުންވާ މެންބަރުން ދިވެހި ރައްޔިތެއްކަން އަންގާދޭ އައި ޑީ ކާރޑް ނުވަތަ ޑްރައިވިންގް ލައިސަންސް ނުވަތަ ޕާސްޕޯރޓް ފަދަ ލިޔުމެއް ގެންނަންވާނެއެވެ.

 

(ނ) ހިންގާ ކޮމެޓީގެ އިންތިޚާބު  ބޭއްވުމުގެ ޖަލްސާ ގެ ރިޔާސަތު ބަލަހައްޓާނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް ނުވަތަ ނާއިބު ރައީސެވެ. ޖަލްސާގެ އެޖެންޑާގައި އިންތިޚާބާއި ބެހޭ އައިޓަމް ކުރިއަށް ގެންދަވާނީ، އިންތިޚާބީ ކޮމެޓީގެ ފަރާތުން ކަނޑައަޅާ މެންބަރެވެ.  

(ރ) އިންތިޚާބު ފެށުމުގެ ކުރިން ހާޒިރުވެ ތިބި ފުރިހަމަ މެމްބަރުންގެ ރޯލް ކޯލް އެއް ނެގޭނެއެވެ. އެއަށްފަހު އިތުރު މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވާނެއެވެ.

 (ބ) އިންތިހާބު ކުރެވޭ މަގާމަކަށް މީހަކު ހޮވޭނީ ވޯޓު ދިން މެންބަރުންގެ އަގުލަބިއްޔަތު ލިބޭ ފަރާތެވެ.

(ޅ) މިގޮތުން ވޯޓު އެއްވަރު ވެއްޖެނަމަ، ދެވަނަ ފަހަރަށް ވޯޓު ލެވޭނެއެވެ.

(ކ) ދެވަނަ ފަހަރަށް ވޯޓުލައިގެންވެސް ވޯޓު ހަމަ ހަމަ ވެއްޖެނަމަ ހޮވާނެފަރާތެއް ކަނޑައަޅާނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އެގްޒެކެޓިވް ކޮމެޓީ ގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

(އ) އިންތިޚާބުގައި ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ހުއްދަކުރާ ގޮތެއްގެ މަތިން ޢާންމު އެއްވުންތަކުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.  

އެންމެ ކެންޑިޑޭޓަކު ކުރިމަތިލުން

  1. (ހ) އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އިންތިޚާބައް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެއްނަމަ،  އެމީހަކު އެ މަޤާމަށް އިންތިޚާބު ކުރެވޭނީ ފުރިހަމަ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ފެންނަ/ނުފެންނަ ވޯޓަކުންނެވެ.

 

ސަފްހާ: 8 /6

 

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނެގޭ ވޯޓުން، ވޯޓުގެ ޖުމްލަ އަދަދުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަވޯޓު އެމީހަކު އެމަޤާމަށް ހޮވަން ފެންނަ ކަމަށް ލިބިއްޖެނަމަ، އެމީހަކު އެމަޤާމަށް ހޮވުނީއެވެ.

އިންތިޚާބީ ކޮމެޓީ އެކުލަވާލުން

  1. (ހ) އިންތިހާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމާއި ނަތީޖާ ތައްޔާރުކުރުމުގެ ކަންކަން ހިންގާ ބަލަހައްޓާނީ މިކަމަށްޓަކައި އެކުލަވާލެވޭ "އިންތިޚާބީ ކޮމިޓީއިންނެވެ.

(ށ) އިންތިޚާބީ ކޮމިޓީ އެކުލެވިގެންވަނީ މިނިވަން 3 (ތިން) މެންބަރުންގެ މައްޗަށެވެ.

 

(ނ) މި ކޮމެޓީގައި ހިމެނޭ އެއްވެސް މެންބަރަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ މެންބަރަކަށް ވެގެން ނުވާނެއެވެ.

 

 

(ރ) އިންތިޚާބުގައި ވޯޓު ލުމުގެ ހުރިހާ ކަމެއް (ވޯޓުލުމާއި، ވޯޓު ގުނުމާއި، ނަތީޖާ އިއުލާނުކުރުން ހިމެނޭގޮތަށް) ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންދާނީ އިންތިޚާބީ ކޮމިޓީ އިންނެވެ.

(ބ) މިކޮމިޓީގައި ހިމެނޭ މެންބަރުންނަކީ:

 

1. އަލްފާޞިލް ޢަލީ ސަލީމް (މ. ތްރީފްލާވަރސް، ދ.ރ.އ. ކާޑު ނަންބަރު: A060960)

2. އަލްފާޞިލް މުޙައްމަދު އަނީލް ޢަބްދުއްލަތީފް (ހައި ހޯޕް، ޅ. ނައިފަރު، ދ.ރ.އ. ކާޑު ނަންބަރު: A062491)                                          

3. އަލްފާޞިލް އަޙްމަދު ޢަބީރު އސްމާޢީލް (މާލެ ދަފްތަރު ނަންބަރު 4753، ދ.ރ.އ ކާޑު ނަންބަރު: A027282)

އިންތިޙާބު އޮބްޒާވް ކުރުމާއި މޮނިޓާރުން

  1. (ހ) އިންތިހާބު މޮނިޓަރ ކުރުމަށްޓަކައި ނެޝަނަލް ސްޕޯޓްސް ކައުންސިލް، ކޮމިޝަނަރ އޮފް ސްޕޯރޓްސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއަށް މަންދޫބުން ފޮނުވުމަށް ދައުވަތު ފޮނުވަންވާނެއެވެ.

 

ވޯޓުކަރުދާސް، ސައްޙަ އަދި ބާތިލް ވޯޓު

  1. (ހ) އިންތިޚާބުގައި ބޭނުންކުރެވޭނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ތައްޔާރު ކޮށްފައިވާ ވޯޓު ކަރުދާސްކޮޅުތަކެވެ.

ސަފްހާ: 8 /7

 

(ށ) ވޯޓުކަރުދާސްކޮޅުގައި ރަނގަޅު ފާހަގަ ނޫން ފާހަގަ އެއް ނުވަތަ އިތުރު އެއްވެސް ކުރެހުމެއް ނުވަތަ ނިޝާނެއް ފަދަ އެއްޗެއް ފާހަގަ ޖަހަން ކަނޑައެޅިފައިވާ ގޮޅީގައި  ވާނަމަ އެ ވޯޓެއް ގުނޭނީ ބާތިލް ވޯޓެއްގެ ގޮތުގައެވެ.

(ނ) އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ އިތުރު ނަމެއްގައި ރަނގަޅު ފާހަގަ ޖަހާފައިވާނަމަ އެ ވޯޓެއް ބާތިލްވާނެއެވެ.

 

 

އިންތިޙާބުގެ ޤާވާއިދުގައި ބަޔާންކުރެވިފައި ނެތް ކަމެއް ދިމާވުން

  1. (ހ) މި ޤަވާއިދުގައި ބަޔާން ކުރެވުނު އުސޫލުތަކުގައި ހިމެނިފައިނުވާ ކަމެއްދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ، އިންތިޚާބީ ކޮމެޓީން އިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ފަދަ ހާލަތްތަކުގައި އިންތިޚާބީ ކޮމެޓީއިން ގޮތެއް ނިންމަންވާނީ  އިންތިޚާބުތައް ކުރިއަށްގެންދާ "ބެސްޓް ޕްރެކްޓިސް" އަށް ރިއާޔަތްކޮށް ބަލާފައެވެ.

އިންތިޚާބީ މަޤާމުތަކުގެ އިޤުރާރު

  1. (ހ) އިންތިޚާބައް ކަނޑައަޅާފައިވާ ކޮންމެ މަޤާމަކަށް އެމަގާމެއްގެ މަސްއޫލިއްޔަތުތައް އެނގޭގޮތައް އިޤުރާރެއް ތައްޔާރުކުރެވި، އެހޮވުނު ކެންޑިޑޭޓާއި ޖެނެރަލް ސެކްރެޓަރީ ސޮއިކޮށް ދެއަސްލު ތައްޔާރުކުރަންވާނެއެވެ.

(ށ) މިއިޤުރާރުތަކުގައި ބަޔާން ކުރެވިފައިވާ ޒިންމާތައް އިންތިޚާބީ ދައުރު 2020 - 2024 ފެށުމުގެ ކުރިން ހަވާލު ކުރަންވާނެއެވެ. އަދި އިޤުރާރުގެ އެއްކޮޕީ އެމަޤާމަކަށް ހަމަޖެހުނު ފަރާތައް ދޭންވާނެއެވެ.

(ނ) މިއިޤުރާރުތަކުގައި ސޮއި ކުރުވުމަށްފަހު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިދާރާގައި ފައިލް ކުރެވިފައި ހުންނަންވާނެއެވެ.

 

 

--------------------------------------------------------------------------------------

 

 

 

 

 

ސަފްހާ: 8 /8

09 އޮގަސްޓް 2020
ހޯދާ