ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާއި ބެހޭ

06  އޮގަސްޓު 2020 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ޖަލްސާގައި ފާސްކޮށްފައިވާ ގޮތުގެ މަތިން އިއެސޯސިއޭޝަންގެ 2020 އިން 2024 އަށް އިންތިޚާބު ކުރެވޭ ހިންގާ ކޮމެޓީގެ އިންތިޚާބު 08 ސެޕްޓެންބަރު 2020 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. އަދި މިއެސޯސިއޭޝަންގެ ތިރީގައި މިދަންނަވާ މަޤާމު ތަކަށް މެންބަރުން ހޮވުމަށްޓަކައ، އެމަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންނަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

 

ފުރިހަމަ މެންބަރުންގެ ގޮތުގައި ބެލެވޭނީ 2020 ވަނަ އަހަރުގެ އަހަރީ ފީ ދައްކާފައިވާ، ޢުމުރުން މީލާދީ ގޮތިން 18 އަހަރު ފުރިފައިވާ މިއެސޯސިއޭޝަންގެ މެންބަރުންނެވެ. އަދި 2020 ވަނަ އަހަރުގެ އަހަރީ ފީ ދައްކާފައިވާ ކުލަބް ޖަމިއްޔާ ތަކެވެ.

 

  1. ރައީސް
  2. ނައިބު ރައީސް
  3. ހަޒާންދާރު
  4. ފުރިހަމަ މެންބަރުންގެ ގޮތުގައި ހިމެނޭ ކުލަބް ޖަމިއްޔާ ތަކުން 1 މެންބަރު
  5. ފަރުދީ މެންބަރުންގެ ތެރެއިން 1 (އެކެއް) ފިރިހެން މެންބަރު
  6. ފަރުދީ މެންބަރުންގެ ތެރެއިން 1 (އެކެއް) އަންހެން މެންބަރު
  7. އެސޯސިއޭޓް މެންބަރުން ތަމަސީލުކުރާ 1 (އެކެއް) މެންބަރު

ނޯޓް:  ފުރިހަމަ މެންބަރުންގެ ގޮތުގައި ހިމެނޭ ކުލަބް، ޖަމިއްޔާ ތަކުން ހިންގާ ކޮމެޓީގައި ހިމެނުމަށް ހުށަހަޅާނީ އެކުލަބެއްގައި ނުވަތަ ޖަމިއްޔާއެއްގައި ރަޖިސްޓަރީ ވެފައިވާ މެންބަރުންގެ ތެރެއިން 1 (އެކެއް) މެންބަރެވެ.

 

 

 

 

 

ވީމާ، މިއެސޯސިއޭޝަންގެ މެންބަރުންގެ ތެރެއިން، މިމަޤާމުތަކަށް ކުރިމަތިލުމަށްއެދޭ ފުރިހަމަ މެންބަރުން 20 އޮގަސްޓު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، ކުރިމަތިލައްވާ މަޤާމް ބަޔާންކޮށް، މިއެސޯސިއޭޝަނަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި ފޮނުއްވާ ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އެއް ހުށަހެޅުއްވުން އެދެމެވެ. 

09 އޮގަސްޓް 2020
ހޯދާ