ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކަލައިދޫ ކައުންސިލްގެ ޓްރަސްޓް ފަންޑުން ކަލައިދޫގެ ރައްޔިތުންނަށް ލުއިލޯނު ދޫކުރުމުގެއުޞޫލު

`

ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ

    ކަލައިދޫ ދިވެހިރާއްޖެ.

 

 

ކަލައިދޫ ކައުންސިލްގެ ޓްރަސްޓް ފަންޑުން ކަލައިދޫގެ ރައްޔިތުންނަށް ލުއިލޯނު ދޫކުރުމުގެއުޞޫލު

     

1- ތަޢާރަފް

މިއީ ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ޓްރަސްޓް ފަންޑުގައި ހުރި ފައިސާގެ ތެރެއިން ކަލައިދޫގެ ރައްޔިތުންނަށް އެކަށީގެންވާ ލުއިފަސޭހަ ގޮތެއްގައި ލޯނު ލިބުމަށް މަގުފަހިކޮށްދިނުމަށް އެކަށައެޅޭ އުޞޫލެކެވެ. މި އުޞޫލުގެ ދަށުން ލޯނު ދޫކުރެވޭނީ ލ .ކަލައިދޫގައި ރަށްވެހިވެ ދިރިއުޅެމުންދާތާ މީލާދީ 06 މަސްދުވަސް ވެފައިވާ ލ. ކަލައިދޫގެ ރައްވެހިންނާއި، އަދި ލ. ކަލައިދޫގެ ރަށްވެއްސަކާއި، ކައިވެނިކޮށް ކަލައިދޫގައި ދިރިއުޅޭތާ މީލާދީ 05 އަހަރު ވެފައިވާ 16 އަހަރާއި 55 އަހަރާއި ދެމެދުގެ ދިވެހި ރައްޔިތުންނަށެވެ.

2-މަޤްޞަދު

މި ލޯނު ސްކީމުގެ މަޤްޞަދަކީ ލ. ކަލައިދޫ ރައްޔިތުންގެ ތެރެއިން އެމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި ކުއްލިއަކަށް ކުރަންޖެހޭ މުހިންމު ކަންކަން ފަސޭހަކަމާއިއެކު ފުރިހަމަކުރުމަށް މަގުފަހިކޮށްދީ، އަބުރުވެރި ހަރުދަނާ ފުދުންތެރި ރައްޔިތެއް ބިނާ ކުރުމުގެ މަތިވެރި މަޤްޞަދުގައި ހުޅުވާލެވޭ ފަހި ފުރުޞަތެކެވެ. އަދި ކަލައިދޫގައި އުފެދިފައިވާ ކަލައިދޫ ކައުންސިލްގެ ޓްރަސްޓް ފަންޑް އިތުރަށް އާލާކޮށް ދިރުވުމުގެ މަތިވެރި މަޤްޞަދުގައި ކުރެވޭ އިހުލާސްތެރި މަސައްކަތެކެވެ.

3-  ލޯނުދޫކުރެވޭމުއްދަތު

މިއުޞޫލުގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނު ދޫކުރެވޭ ތާރީޚުން ފެށިގެން މީލާދީ 2 އަހަރު (24  މަސް) ދުވަހުގެ މުއްދަތަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި މުޅި ލޯން އަބުރާ ދައްކާ ޚަލާސް ކުރާގޮތަށެވެ.(

4-  ލޯނުގެ ގޮތުގައިދޫކުރެވޭފައިސާގެއަދަދު

މި އުޞޫލުގެ ދަށުން ދޫކުރެވޭނެ ލޯނުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ލޯނުގެ ގޮތުގައި ދޫކުރެވޭ މިންވަރު

މުޅި ލޯނުގެ ޚިދުމަތުގެ

15000ރ

2250ރ

20000ރ

3000ރ

30000ރ

4500ރ

50000ރ

7500ރ

މިލޯނަށް އެދުމުގެ ފުރުޞަތު އަބަދުވެސްވަނީ ހުޅުވާލެވިފައެވެ. މިގޮތުން ލޯނަށް އެދޭފޯމް ބަލައިގަތުމަށްފަހު ކައުންސިލްގެ އިދާރާއިން ލޯނަށް އެދެނުފަރާތަށް ލޯނުދުކުރާ ތަރުތީބު ކިއު ތަރުތީބު ނަންބަރެއް ދޫކުރެވޭނެއެވެ. ކުރިޔަށް ލޯނު ދޫކުރުމަށްއޮތް 03 ފަރާތެއް ނަން ކޮންމެމަހަކު ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. އެހެންނަމަވެސް ރަށުގެ ރައްޔިތަކަށް ކުއްލިގޮތަކަށް ދިމާވާ ހާދިސާއެއް ނުވަތަ ކަމެއްގައި ހުށަހަޅާ ލިޔެކިޔުންތަށް ލޯނު ކޯޑިނޭޓިންގ ކޮމިޓީން ބެލުމަށްފަހު އެފަރާތެއްގެ ބެލެނިވެރިފަރާތަކަށް، މިއުޞޫލުގެ ތެރެއިން ދޫކުރެވޭ ފައިސާގެ ލޯނެއް ކިއުއަކައިނުލައި ދޫކުރެވިދާނެއެވެ.

 

5- ޚިދުމަތުގެއަގު

ލޯނުގެ ގޮތުގައި ދޫކުރެވޭ ޖުމްލަ އަދަދުން ޚިދުމަތުގެ އަގުގެ ގޮތުގައި ނެގޭނެއެވެ.  މި ޚިދުމަތުގެ އަގަކީ އިތުރުކުރުމަކާއި ނުލައި ލޯނުގެ ގޮތުގައި ނެގި އަދަދުގެ އެވެ.

6- އެއްބަސްވުންއެކުލަވާލުން

މި އުޞޫލުގެ ދަށުން ލޯނުދޫކުރުމަށް ހަމަޖެހިފައިވާ ކޮންމެ ފަރާތަކާއިއެކުވެސް ހައްދުންމަތީ ކަލައިދޫ ކައުންސިލުން ވަކި އެއްބަސްވުމެއް އެކުލަވާލައި އެއްބަސްވުމުގައި ދެފަރާތުންވެސް ހެކީންގެ ހާޒިރުގައި ސޮއި ކުރަންވާނެއެވެ.

7- ލޯނަށްއެދިހުށަހެޅުމާއި،ލޯނުލިބޭނެފަރާތްކަޑައެޅުން

މިލޯނަށް އެދުމުގެ ފުރުޞަތު އަބަދުވެސްވަނީ ހުޅުވާލެވިފައެވެ. މިގޮތުން ލޯނަށް އެދޭފޯމް ބަލައިގަތުމަށްފަހު ކައުންސިލްގެ އިދާރާއިން ލޯނަށް އެދެނުފަރާތަށް ލޯނުދުކުރާ ތަރުތީބު "ކިއު ތަރުތީބު ނަންބަރެއް" ދޫކުރެވޭނެއެވެ. ކުރިޔަށް ލޯނު ދޫކުރުމަށްއޮތް 03 ފަރާތެއް ނަން ކޮންމެމަހަކު ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. އެހެންނަމަވެސް ރަށުގެ ރައްޔިތަކަށް ކުއްލިގޮތަކަށް ދިމާވާ ހާދިސާއެއް ނުވަތަ ކަމެއް (ޞިއްޙީ ގޮތުން ދިމާވާ ހާދިޘާ) ގައި ހުށަހަޅާ ލިޔެކިޔުންތަށް ލުއި ލޯނު ކޯޑިނޭޓިންގ ކޮމިޓީން ބެލުމަށްފަހު އެފަރާތެއްގެ ބެލެނިވެރިފަރާތަކަށް، މިއުޞޫލުގެ ތެރެއިން ދޫކުރެވޭ ފައިސާގެ ލޯނެއް ކިއުއަކައިނުލައި ދޫކުރެވިދާނެއެވެ. ލޯނަށް އެދޭފޯމާއެކު ހުށަހަޅަން ބުނެފައިވާ އެންމެހާ ލިޔެކިއުމުގެ އިތުރަށް ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ލުއި ލޯން ކޯޑިނޭޓިންގ ކޮމިޓީން އެދިއްޖެ ހާލަތެއްގައި އެފަރާތެއްގެ އިތުރު މަޢުލޫމާތު އެކޮމިޓީއަށް ލިޔުމުން ހުށަހަޅަން ވާނެއެވެ. ފޯމުގެ ނަމޫނާއެއް ޖަދުވަލް 1 ގައި އެވަނީއެވެ. ލޯނުފޯމު ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ހުށަހެޅުމުން ފޯމު ހުށަހެޅިކަމުގެ ލިޔުމެއް ފޯމު ހުށަހެޅި ފަރާތަށްދެވޭނެއެވެ. ލޯނަށް އެދޭ ފަރާތާއި ގެރެންޓާގެ ދަށުގައި ހުރި ފިހާރަތަކާއި ހޮޓާތަކުގެ ދަރަނި ކޯޑިނޭޓިންގ ކޮމިޓީއިން އިވެލުއޭޝަން މަރުހަލާގައި ބަލަންވާނެއެވެ. ލޯނު ސްކީމުގައި ދެމަފިރިންނަށް އެއްފަހަރާ ބައިވެރި ނުވެވޭނެއެވެ. ލޯނަށް އެދި ހުށަހެޅުމުން އެފަރާތަކަށް ލޯނު ލިބޭނެކަން ކަޑައަޅާނީ ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ލުއިލޯނު ކޯޑިނޭޓިންގ ކޮމެޓީއިންނެވެ. އަދި ލޯނު ހަމަޖެހޭ ފަރާތްތަކަށް އެކަން ލިޔުމުން އަންގަން ވާނެއެވެ.

 

8- ލޯނުއަނބުރާ

ދެއްކުން

މިއުސޫލުގެ ދަށުން ލޯނުދޫކުރާ މަހުންފެށިގެން މީލާދީ 24 މަސްދުވަހުގެ މުއްދަތަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި ޚިދުމަތުގެ އަގުގެ އަށް ވާ ފައިސާއާއި އެކު މުޅި ލޯންގެ ޖުމްލަ އަދަދު ހައްދުންމަތީ ކަލައިދޫ ކައުންސިލަށް ދައްކާ ޚަލާސް ކުރަންވާނެއެވެ. މިދެންނެވިގޮތަށް ލޯނު ދައްކާއިރު ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ހައްދުންމަތީ ކަލައިދޫ ކައުންސިލުން ކަޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ލޯނު ދައްކަންވާނެއެވެ. ލޯނު ދައްކަންޖެހޭ މުއްދަތުގައި ދައްކާ ޚަލާޞް ނުކުރެވިއްޖެނަމަ، ލޯނު ދައްކާފަރާތާއި ގެރެންޓާއަށް ލޯނުސްކީމުގައި ބައިވެރިވެވޭނީ މީލާދީ 5 (އަހަރު) ފަހުންނެވެ. ނަމަވެސް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ލޯނު ދެއްކުމުގެ އެންމެހާ ކަންތައްތަކަށް ޖާމިނުވާނީ އެމުއައްސަސާ އަކާއި ހައްދުންމަތީ ކަލައިދޫ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން އެމުއައްސަސާއަކުންނެވެ. މުއައްޞަޞާ އިން އެއްބަސް ނުވެއްޖެ ޙާލަތެއްގައި ލޯނު ދައްކަންޖެހޭނީ ލޯނު ނެގިފަރާތުންނެވެ.

9- ޖޫރުމަނާ

ކޮންމެމީލާދީމަހެއްގެ 10 ވަނަދުވަހުގެފަހުންލޯނުގެފައިސާބަލައިގަނެވޭނީއެމަހެއްގައިދައްކަންޖެހޭފައިސާގެ7% ގެޖޫރުމަނާއަކާއި އެކުގައެވެ.

10- ލޯނުނަގާ ފަރާތުންލޯނު ދެއްކުމަށްއުޒުރުވެރިވުންނުވަތަލޯނުނުދެއްކުން

 

ޖެހިޖެހިގެން މީލާދީ ދެމަސް ދުވަހު ލޯނު ނުދައްކާ ހިގައްޖެނަމަ އިތުރަށް 14 ދުވަހުގެ މުހުލަތެއް ލޯނުގެ ފައިސާ ގަވާއިދުން ދެއްކުމަށް ދެވޭނެއެވެ. މިދެވޭ 14 ދުވަހުގެ މުހުލަތު ދެވުނުކަން ލޯނުނެގިފަރާތާއި ގެރެންޓީ ދީފައިވާފަރާތަށް ލިޔުމުން އެންގޭނެއެވެ. ލޯނުނަގާފައިވާ ފަރާތަކުން ލޯނު ދެއްކުމަށް އުޒުރުވެރި ވެއްޖެނަމަ ދެން އެލޯނެއް ދެއްކުމަށް އެންގޭނީ އެލޯނަކަށް ގެރެންޓީ ދީފައިފައިވާ ފަރާތަކަށެވެ. މިގޮތުން  ލޯނުގެ ގެރެންޓީ ދީފައިވާ ފަރާތަށް ލޯނު ދެއްކުމަށް 14 ދުވަސް ދެވޭނެއެވެ މި ދެވޭ މުހުލަތުގެ 14 ދުވަހުގައި ލޯނު ނުދައްކައިފިނަމަ ލޯނު ހޯދުމަށް މައްސަލަ ކޯޓަށް ހުށަހެޅޭނެއެވެ. ކޯޓަށް މައްސަލަހުށަހެޅުމަށްފަހު ދެން ލޯނުގެ ފައިސާ ހޯދާނީ ޝަރުއީ މަރުހަލާގައި ކޯޓުން ކަޑައަޅާގޮތެއްގެ މަތިންނެވެ.

12- މޮނިޓަރކުރުމާއި އޯޑިޓްކުރުން

12.1 މުޅި ޕްރޮގްރާމްގެ ކަންކަން ހުރިނެތްގޮތް ބަލައި ދިރާސާކުރުމުގެ ގޮތުން ކޯޑިނޭޓިންގ ކޮމިޓީގެ ފަރާތުން ކޮންމެ ތިން މަހަކުން އިންޓަރނަލް ކޮންޕްލައިންސް އޮޑިޓެއްހަދައި، ރިޕޯޓެއް އެކުލަވައިލުމަށްފަހު ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި މި ރިޕޯޓް ކައުންސިލުން ފާސްކުރުމަށްފަހު ޝާއިޢުކުރެވޭނެއެވެ.

12.2 މުޅި ޕްރޮގުރާމުގެ ކަންކަން ހުރިނެތްގޮތްބަލައި ދިރާސާކުރުމުގެ ގޮތުން ކޯރޑިނޭޓިންގ ކޮމިޓީގެ ފަރާތުން އަހަރަކު އެއްފަހަރު މިޕްރޮގުރާމްގެ ސާފު އޮޑިޓެއް ހަދަން ވާނެއެވެ. މިރިޕޯޓް ހަދަންވާނީ ކޯޑިނޭޓިންގ ކޮމިޓީން ކަނޑައަޅާ ޕެނަލް މެދުވެރިކޮށެވެ. އަދި މި ރިޕޯޓް ކައުންސިލުން ފާސްކުރުމަށްފަހު ޝާއިޢުކުރެވޭނެއެވެ.

13-ފިޔަވަޅުއެޅުން

13.1 އިންޓަރނަލް ކޮމްޕްލައިންސް އޮޑިޓްގެ ތެރެއިން ނުވަތަ އަހަރީ އޮޑިޓްގެ ތެރެއިން ކަމެއް އިސްލާޙުކޮށް ރަނގަޅު ކުރަންޖެހޭ ކަމަށް ކޮމިޓީއަށް ފާހަގަކުރެވިއްޖެނަމަ އެކަމާއި ގުޅިގެން ލިބިފައިވާ މަޝްވަރާއާއި އެއްގޮތްވާ ގޮތުގެ މަތީން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް ލ. ކަލައިދޫ ކައުންސިލުން އަޅަންޖެހޭނެއެވެ.

13.2 ޕްރޮގްރާމްގެ ކަމަކާއި ގުޅިގެން މިޤަވައިދުގައި ނުވަތަ ލޯނުގެ އެއްބަސްވުމުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރަން ފުރަތަމަ މަސައްކަތްކުރާނީ މަޝްވަރާކޮށް ވާހަކަ ދައްކައިގެންނެވެ. އަދި މިގޮތުން ހައްލެއް ނުފެނިއްޖެ ހާލަތުގައި މައްސަލަ ނިންމާނީ ޝަރީއަތުންނެވެ. ޝަރުއީގޮތުން ހުކުމެއް ކުރެވިއްޖެނަމަ ޝާމިލުވާ ހުރިހާ ފަރާތްތަކުންވެސް ޝަރުއީހުކުމަށް ބޯލަބައި އެއަށް އަމަލުކުރަން ލާޒިމުވާނެއެވެ.

14- މި އުޞޫލުގައި ވަކިގޮތެއް ކަނޑައެޅިފައިނުވާ ކަންކަން ނިންމާނީ ކޯޑިނޭޓިންގ ކޮމިޓީންނެވެ. ކޯޑިނޭޓިންގ ކޮމިޓީން ނުނިންމޭވަރުގެ މައްސަލަތައް ނިންމާނީ ލ. ކަލައިދޫ ކައުންސިލުންނެވެ.

19 ޖޫން 2018

 

 

20 ޖުލައި 2020
ހޯދާ