ދިވެހިރާއްޖެ
އއ.ހިމަންދޫ މަސްޖިދުލްޢުލާ މިސްކިތުގެ ދާއިމި މަސައްކަތުމީހުން ސަލާމް، ޗުއްޓީނެގުމުން މިސްކިތް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށް ޕޫލްގެ ދަށުން (ވަގުތީ) މަސައްކަތު މީހުން ބޭނުންވެއްޖެއެވެ.
މަޤާމު: ވ.މަސައްކަތު
މަސައްކަތް ހަމަޖެހިފައިވާ ތަން: އއ. ހިމަންދޫ މަސްޖިދުލް ޢުލާ މިސްކިތް
ބޭނުންވާ ޢަދަދު: 2
ރަށް: އއ. ހިމަންދޫ
މުއްދަތު: 1 އަހަރު ދުވަސް
އަސާސީ ޝަރުތު
މަޤާމު |
ކުލެސިފިކޭޝަން |
ޝަރުތު |
މުސާރަ |
މަސައްކަތު |
ވަގުތީ ( ޕޫލްގެ ދަށުން ) |
1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ 2. މަޤާމުގެމަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު އެސް.އެސް. 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއް ކަމުގައި ވުން.
|
މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 45.00ރ ރޭޓުންނެވެ. އަދި ގިނަވެގެން ދުވާލަކު މަސައްކަތް ކުރެވޭނީ 5 ގަޑިއިރުއެވެ. |
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް: ކައުންސިލް އިން އަންގާ ގޮތެއްގެ މަތިން މިސްކިތާއި މިސްކިތް ހިމެނޭ ސަރަޙައްދު ފޮޅާ ސާފުކުރުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން: 6660061
ފެކްސް: 6660061
މެއިލް އެޑްރެސް: [email protected]
ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންތައްތައް
މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތައުލީމާއި ހުނަރާއި ތަޖުރިބާ މިންވަރު ، ކަން ކަމުގައި އިސްނެގުމާއި އިސްވެއުޅުން އަދި ރާވާހިނގޭ މިންވަރު، ވަގުތަށް ކަމޭއްހިތުމާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރާމިންވަރު
ސުންގަޑި: ޝަރުތު ހަމަވާ މީހުން 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހު މެންދުރު 2:00 ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއި އެއްކޮށް އއ. ހިމަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ތަކެތި: - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް ( މިއިދާރާއިން ފޯމް ލިބިވަޑައިގަންނަވާނެ )
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އެޓެސްޓެޑް ކޮށްފައި
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ
ލިޔުންތަކުގެ ކޮޕީ
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނަ ތަނާއި ތާރީޙް 1 ދުވަސް ކުރިން އަންގާނެވާހަކަ ދެންނެވީމެވެ.
ނޯޓް: މި މަޤާމްތަކަށް މީހުން ނެގި ނަމަވެސް މަސައްކަތަށް ނެރެވޭނީ މިހާރު މިސްކިތުގައި ތިބި ދާއިމީ މުވައްޒަފުން ޗުއްޓީ ނަގާ ހާލަތުގައި އެ ދުވަސްތަކަށް އިސްކަންދޭ ތަރުތީބުންނެވެ.