ދިވެހިރާއްޖެ
05 ޖުލައި 2020 ވާ އާދިއްތަ ދުވަހުން ފެށިގެން އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދިި އެމްއެމްއޭ އިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ޢަމަލު ކުރަންވީ ގޮތް ތިރީގައި އެވަނީއެވެ.
- ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
- ސިޓީއާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
- ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން މި އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި [email protected] މި އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށް އިސްކަން ދެއްވުމަށް ދަންނަވަމެވެ.
05 ޖުލައި 2020 ވާ އާދިއްތަ ދުވަހުން ފެށިގެން ކުދި ރުފިޔާ ދޫކުރުމުގެ ޚިދުމަތާއި ވަކިލާރި ދޫކޮށް ބަލައިގަތުމުގެ ޚިދުމަތް ދެމުން ގެންދާނީ، ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. މި ޚިދުމަތް ހޯއްދެވުމަށް ކުރިޔެކޭވެސް އެއްފަދައިން މި އޮތޯރިޓީގެ ނަމްބަރު 7919292 އަށް ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތާއި ހޯއްދެވުމަށް ބޭނުންފުޅުވާ ޚިދުމަތް ލިޔުއްވުމަށްފަހު އެސްއެމްއެސް ނުވަތަ ވައިބަރ މެދުވެރިކޮށް ފޮނުއްވުމަށް ދަންނަވަމެވެ.
އަދި، މި އޮތޯރިޓީއަށް ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކުން މާސްކް އެޅުއްވުމަށްވެސް ދަންނަވަމެވެ.