މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީން ދެމުންގެންދާ ޢިމާރާތްކުރުމުގެ ދާއިރާ އާ ގުޅޭ ޙިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ އުޞޫލު

ދިވެހިރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުން އިޢާދަވުމާ ހަމައަށް 5 ޖުލައި 2020 (އާދީއްތަ) ދުވަހުން ފެށިގެންވެސް މިނިސްޓްރީން ދެމުންގެންދާ ޢިމާރާތްކުރުމުގެ ދާއިރާ އާ ގުޅޭ ޙިދުމަތްތައް ދޭނީ ޖޫން 7 ގައި މިނިސްޓްރީން އާންމުކޮށްފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިންނެވެ. އެގޮތުން ކުރިއެކޭވެސް އެއްފަދައިން ޙިދުމަތް ހޯއްދަވަން އެދޭ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އީ-މެއިލް މެދުވެރިކޮށް ލިޔެކިއުންތައް ހުށަހެޅޭނޭ އިންތިޒާމު ހަމަޖެހިފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައިވެސް ޑްރޮޕްބޮކްސް އަށް ތަކެތި ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެ ވާހަކަ ދަންނަވައި، ޑްރޮޕްބޮކްސްގެ ޙިދުމަތް އަލުން ފެށުމުން އެކަން އާންމުކޮށް އަންގާ އިޢުލާނުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ނޯޓް: 10އެމް.ބީ. އަށްވުރެ ބޮޑު ފައިލްއެއްނަމަ ގޫގްލްޑްރައިވް (ނުވަތަ އެފަދަ އެހެން އޮންލައިން ޑްރައިވް) އެއްގައި ފޯލްޑަރެއް ހެދުމަށްފަހު ފޯލްޑަރ ލިންކް އީ-މެއިލް މެދުވެރިކޮށް ތާވަލުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ހުށަހެޅުން

 

ލިޔެކިއުމުގެ ބާވަތް

މިކަމާ ގުޅިގެން ހުށަހަޅާނެ / މަޢުލޫމާތު ހޯދުމަށް އީ-މެއިލް ކުރާނެ އެޑްރެސް

 

  1. (ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން) ކައުންސިލްތަކުން ހުށަހަޅާ ފާސްކޮށްފައިވާ ކުރެހުންތައް ހުށަހެޅުމަށް
  2. ފައުންޑޭޝަން ސިސްޓަމް އެޕްރޫވް ކުރުމަށް ހުށަހަޅާ ލިޔެކިއުން
  3. ޢިމާރާތްކުރުމުގެ ޤާނޫނާ ގުޅޭ ނުވަތަ ސީ.އައި.ޑީ.ޑީ. އާ ގުޅޭ އެހެނިހެން (ތާވަލުގައި ލިސްޓުކޮށްފައިނުވާ ކަމެއް)

[email protected]

 

ތިރީގައިވާ ރަޖިސްޓްރޭޝަންތައް / ލައިސަންސްތައް ހޯދުމަށް ހުށަހަޅާ ލިޔެކިއުން

  1. ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަން / ޕްރޮޖެކްޓް ލައިސަންސް
  2. ކޮންސަލްޓަންޓް ރަޖިސްޓްރޭޝަން
  3. ޕްރެކްޓިޝަނާރ ރަޖިސްޓްރޭޝަން
  4. ލެބް ރަޖިސްޓްރޭޝަން
  5. އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީކުރުމަށް
  6. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެސޯސިއޭޝަންތައް ރަޖިސްޓްރީކުރުމާއި ގުޅޭ ލިޔެކިޔުންތައް

[email protected]

 

  1. ޤަވާއިދުގެ ދަށުން ޢިމާރާތްކުރުމާއި ގުޅޭ ތަކެތި އެތެރެކުރާ އަދި އުފައްދާތަކެތީގެ މެޓީރިއަލް އެޕްރޫވަލްއަށް ހުށަހަޅާ ލިޔެކިޔުންތައް

 

[email protected]

 

  1. ޢިމާރާތްކުރުމުގެ ޤާނޫނު ނުވަތަ ޢިމާރާތްކުރުމާ ގުޅޭ ގަވާއިދު / ސްޓޭންޑަރޑް/ ބިލްޑިންގ ކޯޑު / އުޞޫލާ ގުޅޭގޮތުން

[email protected]

 

 

  1. ޢިމާރާތްކުރުމުގެ ޤާނޫނާ ގުޅިގެން އެކި ފަރާތްތަކާމެދު ހުށަހަޅާ މައްސަލަ
  2. ނުރައްކާތެރި ޢިމާރާތްތަކާ ގުޅޭ މައްސަލަތައް ހުށަހެޅުން

[email protected]

 

 

 

02 ޖުލައި 2020
ހޯދާ