ދިވެހިރާއްޖެ
އދ. ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ބާޠިލްކުރުން
ކޮވިޑް-19 އާއި ގުޅިގެން ދަޢުލަތުގެ މުވައްސަސާތަކުގެ މަސައްކަތްތައް ދިގު މުއްދަތަކަށް މަޑުޖެހިފައިވީތީވެ، އދ.ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކޮށްފައިވާ ނަންބަރު: IUL)234-C/234/2020/11) ހ (18 މާރިޗު 2020) އިޢުލާނު ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މި ކައުންސިލްގެ މަސައްކަތްތައް ރަސްމީކޮށް އަލުން ފެށުމުން، އދ.ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރާނެ ވާހަކަ ދެންނެވީމެވެ.
30 ޖޫން 2020
09 ޛުލްޤަޢިދާ 1441
(ސޮއި)
އަޙްމަދު ރަޝިދު
އދ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް