ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގެ އިމުން ބޭރުގައި ބަހައްޓާފައިވާ ޖޯލިފަތިތައް ނެގުން

ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް – 19 އާއި ގުޅިގެން މިބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ކުރެވޭ އެންމެ މުހިއްމު ކަމަކީ ގޭގައި މަޑުކުރުން ކަމަށް ވާތީ، ރަށުފެންވަރުގައި އަޅާ މުހިއްމު ފިޔަވަޅު ތަކުގެ ތެރެއިން ގޯތި ގޯތީގެ އިމުން ބޭރު މަގުމަތީގައި ބަހައްޓާފައިވާ ޖޯލި ފަތި ތައް 18 އޭޕްރީލް 2020 ވަނަ ދުވަހުގެ ހަވީރު 18.00 ގެ ކުރިން މަގު މަތިން ނަގާ ގޯތީގެ އިމުގެ ތެރެއަށް ބަދަލުކޮށް ނިންމަށް ވާނެއެވެ. މި މުއްދަތުގެ ފަހުން ހުންނަ ޖޯލި ފަތިތައް މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް މަގުން ނަގާ ނައްތާލާނެ ކަމުގައި އަންގާ އިޢުލާން ކުރީމެވެ.

18 އޭޕްރިލް 2020
ހޯދާ