ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

 ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވިލަރެސް ކުރުމަށްޓަކައި އެކުލަވާލާފައިވާ ޓާސްކު ފޯސްގެ ފަރާތުން ކަމާއި ގުޅުންހުރި އިދާރާތަކުގެ އިރުޝާދާއެކު ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ވެރިރަށް މާލެއިން ކޮވިޑް-19 ރޯގާއަށް ފައްސިވެފައިވާ މިހާކު ފެނުމާއި ގުޅިގެން ރާއްޖޭގެ ހާލަތު އިތުރަށް ވަނީ ނާޒުކު ވެފައެވެ. އެހެންކަމުން ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށްޓަށް އައިސްފައިވާ ފަރާތްތަކުން އެ ފަރާތްތައް ރަށަށް އައި ދުވަހުން ފެށިގެން މަދުވެގެން 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ގޭގައި މަޑުކުރައްވާ މުއްދަތުގައި ގޭގައި އުޅޭމީހުންނާއި ގައިދުރުކޮށް އުޅުމަށް ވެސް ނަޞޭހަތްތެރިވަމެވެ. އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމަތެއް ފެނިއްޖެނަމަ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން 7606688 ނަންބަރަށް ގުޅުއްވައި ދެއްވާ އިރުޝާދުގެ ދަށުން ޢަމަލު ކުރުމަށް ދަންނަވެމެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި އިތުރުވެފައި މިވާ ދަނޑިވަޅުގައި ކުޅުދުއްފުށީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުން ގޭގައި މަޑުކުރެއްވުމަށާއި، ތަންތަނަށް އެއްވެ ނޫޅުމަށާއި، ކޮންމެހެން ޟަރޫރީ ބޭނުމެއް ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސް ކުރަމެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ އަދާ ކުރައްވައި ސިއްހީ މާހިރުންގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް ނަސޭހަތްތެރިވަމެވެ.

16 އޭޕްރިލް 2020
ހޯދާ