ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އިން ރައްކާވެ ތިބުމަށް އެޅޭ ފިޔަވަޅުތަކާއިބެހޭ

ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ރަށު ފެންވަރުގައި އެޅޭ ފިޔަވަޅު ތަކެއްގެ ގޮތުގައި 16 އެޕްރީލް 2020 ވަނަ ދުވަހު  10.30 ގައި ބޭއްވުނު ކައުންސިލްގެ 3 ވަނަ ދައުރުގެ 2020 ވަނަ އަހަރުގެ 01 ވަނަ ކުއްލި ޖައްސާއިން ވަނީ ތިރީގައި މިވާ ކަންކަން ކުރުން މަނާ ކުރުމަށް ނިންމާފައެވެ.

 

  • މި ކައުންސިލުން ވަކި ގޮތެއް އަންގަންދެން ވޭމަންޑޫގެ ހުޅަނގު ފަރާތު ފާލަމުން އަރާފޭބުން.
  • މި ކައުންސިލުން ވަކި ގޮތެއް އަންގަންދެން ވޭމަންޑޫ ރަސްމީ ބޯޅަ ދަނޑުގައި އެއްވެސް ކަހަލަ ކުޅިވަރުގެ ހަރަކާތެއް ހިންގުން އަދި ބޯޅަ ދަނޑަށް މީހުން އެއްވެ އުޅުން.
  • އިޖުތިމާއީ އެކި އެކި ހަރަކާތް ހިންގާ ތަންތަނާއި، އަދި ކުޅިވަރު ކުޅެން ހެދިފައިވާ އެކި ބިންތަކުގައި އެއްވެސް ކުޅިވަރުގެ ހަރކާތެއް ހިންގުމާއި، އިޖުތިމާއީ ސަރަހައްދު ތަކުގައި ހަދާފައި ހުރި އަށިގަނޑުތަކާއި، ޖޯލިފަދަ ތަންތަނުގައި އިށީދެ އޮށޯވެ ތިބުން.
  • އަމިއްލަ ގޯތީގެ ބޭރު މަގުމަތީގައި ބަހައްޓާފައި ހުރި  ޖޯލި ، ގޮޑި އަދި މިނޫންވެސް މިފަދަ ތަކެތި ބަހެއްޓުން.
  • ރޭގަނޑު 10.30 ގެ ފަހުން ޟަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރުގައި އުޅުން.

 

ވީމާ މި ކަންކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވޭމަންޑޫގެ އެންމެހައި ލޮބުވެތި ރައްތިތުންނާއި ވޭމަންޑޫ އަށް އަރައިފައިބާ ފަރާތް ތަކަށް އަންގާ އަމުރު ކުރީމެވެ.

16 އޭޕްރިލް 2020
ހޯދާ