ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްއިޚްލާސްގެ މަރާމާތު މަސައްކަތް ކުރުމާބެހޭ.

މި ރަށު މަސްޖިދުލްއިޚްލާސް (ތުނޑީ ކުޑަމިސްކިތް) ގައި ކުރަންހުރި މަރާމާތު މަސައްކަތް ކުރުމަށްވަނީ ބޭނުންވެފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ. ބީލަން ފޮތެއްގެ އަގަކީ 100 ރުފިޔާއެވެ.

 

#

ތަފްޞީލް

ޙާޟިރުވާންޖެހޭ ތަން

ތާރީޚް

ގަޑި

1

ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރުން

ގަމު ކައުންސިލްގެ އިދާރާ

10 މާރިޗު 2020 އިން 17 މާރިޗު 2020 އަށް

ރަސްމީ ދުވަސްތަކު 9:00 އިން 12:00 އަށް

2

ޕްރީބިޑް މީޓިންގ

މަސްޖިދުލްއިޚްލާސް (ތުނޑީ ކުޑަމިސްކިތް)

18 މާރިޗު 2020  (ބުދަ)

11.00

 

ބިޑް ހުށަހެޅުން

ގަމު ކައުންސިލުގެ އިދާރާ

22 މާރިޗް 2020 (އާދީއްތަ)

11:00

             

ގަޑިޖެހިގެން ޙާޟިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ބިޑު ގަތުމުގެ ފުރުޞަތު އެރުވޭނީ ވިޔަފާރިއާބެހޭ ޤާނޫނުގެ ދަށުން މިފަދަ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ. އަދި ބިޑު ގަނެފައި ނުވާފަރާތްތަކުގެ އެސްޓިމޭޓް ވެސް ބަލައެއް ނުގަނެވޭނެއެވެ.

މިހެންވެ މިކަން އަންގާ އިޢުލާނު ކުރީމެވެ.

10 މާރިޗު 2020
ހޯދާ