ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާނު

 މަޤާމް:

 އޮފީސް އެސިސްޓެންޓް

 މަޤާމުގެ ނަންބަރު:

 J-271238

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކް:

 އެސް.އެސް 2

 މަޤާމުގެ ކްލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް ގްރޭޑް 2

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މާލެ

 މުސާރަ:

 3,470.00 ރުފިޔާ

 ސަރވިސް އެލެވަންސް:

 1,000.00 ރުފިޔާ

 ސަޕޯޓިންގ ކޯ އެލަވަންސް1

 1,200.00 ރުފިޔާ

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުން ރައްދުކުރަންޖެހޭ ލިޔެކިޔުމާއި ތަކެތި ރައްދުކުރުމަށްޓަކައި ދާންޖެހޭ ތަންތަނަށް ގޮސް އެތަކެތި ރައްދުކުރުން.
  2. އޮފީސް ހުޅުވާ ލެއްޕުން.
  3. އޮފީސް ޢިމާރާތް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި އެހީތެރިވުމާއި، އޮފީސް މަރާމާތުކުރުމުގެ މަސައްކަތުގައި އެހީތެރިވެ ސްޕަވައިޒަރުގެ ދައުރު އަދާކުރުން.
  4. އޮފީހަށް ބޭނުންވާ ތަކެތި ގަތުމަށް، ހޯދަންޖެހޭ އަގުތަށް ހޯދުމާއި، އެމަސައްކަތުގައި އެހީތެރިވުން.
  5. އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ ހަރާކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  6. އޮފީހުން ކުރާ ދަތުރުތަކުގައި މުވައްޒަފުން ފުރާއިރުގައާއި އެނބުރި އައުމުން ގެނެސްގެންދަންޖެހޭ ތަކެތި، އޮފީހުން ގެންދިއުމާއި ގެނައުމުގެ މަސައްކަތްކުރުން.

 މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން އެނގުން

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް   ހޮވުމަށް ބެލޭނެ ކަންތައްތައް:

  •  މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލްކަން ހުރި މިންވަރު.
  •  ލިޔަންކިޔަން ދަތުމާއެކު، އެމަސައްކަތް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
  •  ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފާރާތަކަށްވުން.
  •  އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތެރެއިން A1,A0,B1 ކެޓަގަރީގެ ލައިސަންސް އޮތް ފަރާތަކަށްވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިއޮތޯރިޓީގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

  (ހ) ލިޔަންކިޔަން އެނގޭކަމުގެ ލިޔުމުގެ ކޮޕީ (ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ            ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ސަރުކާރުގެ          އިދާރާއަކުން ދޫކޮށްފައިވާ ލިޔުން).

  (ށ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،              ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ                ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ          ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް          މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި              ޓްރާންސްކްރިޕްޓް ކޮޕީ.

  (ނ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި          ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި                ޓްރާންސްކްރިޕްޓްގެ ކޮޕީ.

   5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު           ސެޓްފިކެޓުތަކުގެ ކޮޕީ.

   6. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް       ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

   7. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއްނަމަ ލައިސަންސްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު         ޙިއްޞާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/         ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ         މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ          އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،  ވަޒީފާގެ މަސްއޫލިއްޔަތު އަދި        މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން            ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

  (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި            މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،            ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ          ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11  މާރިޗު 2020 ގެ 13:30 ގެ   ކުރިން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށެވެ. (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް       އީމެއިލް [email protected]  މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ   ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،   އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.)

 ޝޯޓް ލިސްޓްކުރުން:

 މިމަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،   ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް   ޝޯޓްލިސްޓް ކުރެވޭނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި،   މުއްދަތު:

 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 19،18 މާރިޗު 2020 މި 02   ދުވަހުގެތެރޭ، ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ.

"ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް"   (A2 ފޯމް) އާންމުކުރުން:

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި   ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން   އޮތޯރިޓީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް   ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ   ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3328237 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި   އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ"   (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 މާރިޗު 2020
ހޯދާ