ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް

އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ނަންބަރު

J-283170

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކު

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ޢިމާދުއްދީން ސްކޫލް / ކ.މާލެ

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލެވެންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/900 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-       ކޮންމެ މަހެއްގެ 15 ވަނަ ދުވަހުން ފެށިގެން މުސާރައިގެ ކަންތައްތައް ކުރިއަށްދޭތޯބަލައި ޗެކްކުރުން.

2-      މުވައްޒަފުންނަށްދެވޭ އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެހެނިހެން އެލަވަންސްތަކުގެ ތަފްސީލް ޗެކްކޮށް ޝީޓްތަކުގައި ސޮއިކުރުމަށްފަހު މުސާރަހަދާ މުވައްޒަފުންނާއި ހަވާލުކުރުން.

3-      ސްކޫލަށްލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރެވޭ ވައުޗަރގައިވާ ޢަދަދުތައް ޗެކްކުރުމަށްފަހު ސޮއިކޮށް ބިލްތައް ޕޯސްޓްކުރުން.

4-      ބަޖެޓާ ގުޅުންހުރި އެކައުންޓްތައްކަމުގައިވާ އާމްދަނީ، ވަގުތީ އަދި ތިޖޫރީ ރިޕޯޓުތައް ޤަވައިދުން ފޮނުވަމުން ގެންދޭތޯ ބަލައި ޗެކްކުރުން.

5-      ކޮންމެ އަހަރެއްގެ ބަޖެޓް ލިބުމުން، ކޯޑްތަކުގެ ފައިސާހުރިތޯބަލައި ޗެކްކޮށް، ފައިސާ މަދުވާ ކޯޑްތައް ފައިސާ ހޯދުން.

6-      ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކޭޝްފުލޯ ހަދާފައި ފޮނުވަމުންދޭތޯ ޗެކްކުރުން

7-      ކޮންމެ އަހަރަކުވެސް ސްކޫލަށް ލިބޭ ބަޖެޓުން އަހަރުދުވަހަށް ވާނޭހެން ޚަރަދުތައް ކޮންޓްރޯލްކޮށް ބެލެހެއްޓުން.

8-      ބަޖެޓަށްފައިސާލިބޭ މިންވަރަކަށްބަލައި ދަރިވަރުންގެ ޒަމާނީ ތަޢުލީމާ ގުޅޭގޮތުން ހޯދަންޖެހޭތަކެތި ހޯދުން.

9-      އޮފީސްހުޅުވާ ލެއްޕުމުގެ ތާވަލްހަދައި ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާނޭގޮތުގެމަތިން ތާވަލްކުރުން.

10-   ސްކޫލުން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ސްކޫލްގެ އިދާރީ މަސައްކަތްތައް ރާވާ ހިންގުން.

11-    ސްކޫލުން ފާހަގަކުރާ ޚާއްސަ ދުވަސްތަކާއި ހަރާކާތްތަކަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.

12-   ސްކޫލްގެ ކިޔަވައިދިނުން ތަރައްޤީ ކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް އެހީތެރިވެދީ މަގުފަހިކޮށްދިނުން.

13-   ޓެކްނޮލޮޖީގެ ގޮތުން ސްކޫލަށް ގެނެވިދާނެ ތަރައްޤީދެނެގަނެ ކުރިއެރުވިދޭނެގޮތްތައް ބަލައި އެކަންތައްތައް ތަޢާރަފްކުރުން.

14-   ސްކޫލްގެ ކޮމްޕިޔުޓަރ ސިސްޓަމްތައް މަސައްކަތްތަކަށް ބޭނުންކުރެވޭނޭގޮތަށް އަޕްގްރޭޑްކޮށް ބަލަހައްޓަމުން ގެންދޭތޯ ޗެކްކުރުން.

15-   ސްކޫލްގެ ޕްރޮޖެކްޓަރތައް ރަނގަޅަށް މަސައްކަތްކުރޭތޯ ކަމާގުޅޭ މުވައްޒަފުންލައްވައި ޗެކްކުރުން.

16-   މުވައްޒަފުންގެ މަސައްކަތްތަކާގުޅޭ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ސްކޫލްގެ ބަޖެޓް ތަންދިން މިންވަރުން ރާވާ ހިންގުން.

17-   ބަޖެޓް ޕްލޭން ސްކޫލްގެ ކުރިއެރުމާ އެއްގޮތަށް ބައްޓަންކޮށް ކުރިއަށްގެންދިޔުން. ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ބޭނުންވާ ސާފުފެނާއި ފާޚާނާގެ ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުން.

18-   ސްކޫލްގެ ފަރާތުން ހާޟިރުވާންޖެހޭ ބައްދަލުވުންތަކަށް ޤަވައިދުން ހާޟިރުވުން.

19-   ސްކޫލަށް ބޭނުންވާ މަޤާމްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުވުން.

20-  ސްކޫލަށް އަލަށްވެއްދޭ މުވައްޒަފުންގެ އިންޑަކްޝަން ޕްރޮގްރާމް ކުރިއަށްދާގޮތް ރަނގަޅަށްބަލައި މޮނިޓަރކުރުން.

21-   ސްކޫލަށް އަލަށް ވަޒީފާ ހަމަޖެހޭ މުވައްޒަފުންނާއި ވަކިވާ މުވައްޒަފުންނާއި އަދި އެހެން އިދާރާތަކަށް ބަދަލުވާ މުވައްޒަފުންގެ މައުލޫމާތު ރަނަގަޅަށް ބަލަހައްޓާތޯ ޤަވައިދުން ޗެކްކުރުން.

22-  ބިދޭސީ ޓީޗަރުންގެ ވާރކްޕާމިޓާއި ވިސާގެ ކަންތައްތައް ޤަވައިދުން ކުރިއަށްދޭތޯ ޗެކްކުރުން.

23-  މުވައްޒަފުންނަށްދެވޭ ވަޒީފާގެ ކުރިއެރުން ޤަވާއިދާ އެއްގޮތަށް ދުވަހުން ދުވަހަށް ކުރިއަށް ގެންދޭތޯ ޗެކްކުރުން.

24-  މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށް ގެންދޭތޯ ޗެކްކުރުން.

25-  މުވައްޒަފުންގެ މަސައްކަތްތަކާގުޅޭ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ސްކޫލްގެ ބަޖެޓް ތަންދިން މިންވަރުން ރާވާ ހިންގުން.

26-  ބަޖެޓް ޕްލޭން ސްކޫލްގެ ކުރިއެރުމާ އެއްގޮތަށް ބައްޓަންކޮށް ކުރިއަށްގެންދިޔުން. ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ބޭނުންވާ ސާފުފެނާއި ފާޚާނާގެ ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުން.

27-  މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރުމަށް މުވައްޒަފުންނަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދީ އެހީތެރިވެދިނުން.

28-  ކޮންމެ އަހަރަކުވެސް ސްކޫލްގެ މަސައްކަތަށް ދަތިނުވާނޭގޮތުގެމަތިން މުވައްޒަފުންގެ ޗުއްޓީގެ ތާވަލްހެދުން.

މަޤާމުގެ ޝަރުޠުތައް

1-       ބޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ  ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5   ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

2-      ބޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

3-      ބޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.  

ގުޅޭ ވަޒީފާގެ ދާއިރާތައް

1-       އެޑްމިނިސްޓްރޭޝަން  

2-      މެނޭޖްމަންޓް

ގުޅޭ ތަޢުލީމީ ރޮނގުތައް

1-       ބިޒްނަސް އެޑްމިނިސްޓްރޭޝަން 

2-      ބިޒްނަސް މެނޭޖްމަންޓް

3-      ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ޢިމާދުއްދީން ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.   

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރިވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ހ. ހާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

ޝޯޓްލިސްޓް ކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު ކުރުން

ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 11 މާރޗް 2020 އާއި 25 މާރޗް 2020 އާއި ދެމެދު ޢިމާދުއްދީން ސްކޫލްގައި ބޭއްވޭނެއެވެ. ވީމާ، މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން ، ޢިމާދުއްދީން ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން ޢިމާދުއްދީން ސްކޫލްގައި އަދި ޢިމާދުއްދީން ސްކޫލްގެ  ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޢިމާދުއްދީން ސްކޫލަށް ހުށަހަޅަންވާނެއެވެ.

 

ނޯޓް: 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކަށް ޕޮއިންޓް ދެވޭނީ ހަމައެކަނި ވަޒީފާއަށް އެދޭ ފޯމުގައި ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާގެ ބައިގައި ލިޔެ، ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށެވެ.

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލްގެ ނަންބަރު 3315759  ފޯނަށް ގުޅުއްވުން އެދެމެވެ

 

01 ރަޖަބް 1441

25 ފެބުރުވަރީ 2020
ހޯދާ