މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާއިތުވެދިޔަ އަހަރު ކައުންސިލް ހިނގާ ދިޔަގޮތާއި، 2020 ވަނަ އަހަރަށް ކައުންސިލުން ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާކުރުމާގުޅޭ

2020 ފެބްރުއަރީ 28 ވާ ހުކުރު ދުވަހުގެ ރޭ 8:30 ގައި ފާއިތުވެދިޔަ އަހަރު ކައުންސިލް ހިނގާދިޔަ ގޮތާއި، ހިންގުނު ޕްރޮގްރާމްތަކާއި، އަދި 2020 ވަނަ އަހަރަށް ރާވާފައިވާ ޕްރޮރާމްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް މިރަށު ހިދާޔާސްކޫލުގައި އޮންނާނެއެވެ.

މިބައްދަލުވުމުގައި ކައުންސިލުން މަޢުލޫމާތު ދިނުމަށްފަހު ކައުންސިލާއި ސުވާލުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ހުޅުވާލެވޭނެއެވެ. އެހެންކަމުން މި ބައްދަލުވުމަށް ވަޑައިގަތުމަށް އެންމެހާ ރައްޔިތުނަށް ދަޢުވަތު އަރުވަމެވެ.

ވިމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ފެބުރުވަރީ 2020
ހޯދާ