މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ސަރވިސަސް ފޮރ ދަ އެސެސްމަންޓް އޮފް ދަ ނެޝަނަލް ސްޕޭޝަލް ޕްލޭން އެންޑް ޑިވެލޮޕްމަންޓް އޮފް ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންސް (އައްޑޫ)

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

ކޮންސަލްޓަންސީ ސަރވިސަސް ފޮރ ދަ އެސެސްމަންޓް އޮފް ދަ ނެޝަނަލް ސްޕޭޝަލް ޕްލޭން އެންޑް ޑިވެލޮޕްމަންޓް އޮފް ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންސް (އައްޑޫ)

MV-MONPI-143037-CS-QCBS

 

މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް

Grant No.:IDA V292-MV

 

1. ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބުމަށް ހަމަޖެހިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން "ކޮންސަލްޓަންސީ ސަރވިސަސް ފޮރ ދަ އެސެސްމަންޓް އޮފް ދަ ނެޝަނަލް ސްޕޭޝަލް ޕްލޭން އެންޑް ޑިވެލޮޕްމަންޓް އޮފް ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންސް (އައްޑޫ)" ތާއްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ.

 

2. މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، އައްޑޫ ރީޖަންއަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނެޝަނަލް ސްޕޭޝަލް ޕްލޭން އެންޑް ޑިވެލޮޕްމަންޓް އޮފް ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ދިރާސާ ރިޕޯޓެއް ތައްޔާރުކުރުމެވެ.

 

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސްއިން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

 

4. މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިޞްލާޙުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.

 

5. މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނީ ކޮލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން މެތަޑް (ކިއު.ސީ.ބީ.އެސް) އެވެ.

 

6. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

7. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 0800 އިން 1400 އަށް ލިބިވަޑައިގަންނަވާނެވެ.

 

8. ވީމާ މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 23 ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

ފާޠިމަތު ރިޝްފާ އަޙްމަދު،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : +960 3349105

އީމެއިލް  : [email protected]

ކޮޕީ   : [email protected]

10 ފެބުރުވަރީ 2020
ހޯދާ