މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓް އޮފިސަރ (ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަޠު

ނަންބަރު: C15C-A/2020/03

 

 

ތާރީޚް: 06 ފެބުރުވަރީ 2020

މަޤާމު

ކޯޓު އޮފިސަރ

ރޭންކް: ޖީ.އެސް.3

ޢަދަދު

01

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން

ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/4,465ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/893ރުފިޔާ (މުސާރައިގެ %20)

- ސަރވިސް އެލަވަންސް: -/1500ރުފިޔާ

- ލިވިންގ އެލަވަންސް: -/2550ރުފިޔާ  

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުޠު

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ ޢުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ކޯޓަށް ހުށަހެޅޭ ޝަރުޢީ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  • ކޯޓަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓްތައް ތައްޔާރުކުރުން.
  • ޝަރީޢަތުގެ މަޖްލިސް ތައްޔާރުކޮށް ބެލެހެއްޓުމާއި ޝަރީޢަތުގެ މަޖްލީހުގައި ލިޔަންޖެހޭ އެންމެހާ ލިޔުންތައްލިޔެ ތައްޔާރުކުރުން.
  • ކޯޓަށް ހުށަހެޅޭ ކައިވެނިތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ތަކާއި އަދި ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީ)
  5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤަޢުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް.(އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީ)
  6. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ. (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީ)

ސުންގަޑި

2020 ފެބުރުވަރީ 18 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓަކަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޯޓު އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ.

މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތަޢުލީމް: 30 ޕަސެންޓް
  • މަސައްކަތުގެ ތަޖުރިބާ: 10 ޕަސެންޓް
  • އިންޓަރވިއު: 50 ޕަސެންޓް
  • މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 ޕަސެންޓް

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް:

-         ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓް، ފޯން: 6540570

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
06 ފެބުރުވަރީ 2020
ހޯދާ