ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އޮފިސަރ

މަޤާމް: އޮފިސަރ

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލްގެ ސްޓޯރ  

ތަޢުލީމާ ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ހޮސްޕިޓަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމާއި ބެލެހެއްޓުން

2- ހޮސްޕިޓަލުގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެއްޗަށް އެދުމާއި، ދޫކުރުމުގައި ރަނގަޅު ހަރުދަނާ އުޞޫލެއް ޤާއިމްކުރުން. އަދި އެކަން އެގޮތުގައި ދެމެހެއްޓުން

3- ލެބޯރަޓޮރީއަށް ބޭނުންވާ ސްޓޮކް ކޮންމެ ތިން މަސްދުވަހަށް ތައްޔާރުކުރުމާއި އެކު ދުވަހުން ދުވަހަށް ބެލެހެއްޓުން

4- ސްޓޮކުން މަދުވާ ތަކެއްޗަށް އޯޑަރުކުރުން. މެޑިކަލް ކޮންޒިއުމަބްލް ސްޓޮކް، ކޮންޓްރޯލް ޑްރަގް ސްޓޮކް، އިކްއިޕްމެންޓް ސްޓޮކް، އޮކްސިޖަން، ނައިޓްރަސް އޮކްސިޖަން، ޖެނެރަލް ސްޓޮކަށް ތަކެތި ހުސްވުމުގެ ކުރިން ހޯދޭނެ އިންތިޒާމު ހަމަޖެއްސުން.

5- ސްޓޮކާއި އިންވެންޓްރީ ކޮމްޕިއުޓަރައިޒްކޮށް ބަލަހައްޓަމުން ގެންދިއުން. އަދި ޚަރަދުތައް ކުޑަކުރުމަށް ބާރުއެޅުމާއެކު މުއްދަތު ހަމަވެގެން ނައްތާލަންޖެހޭ ތަކެތި ވީހާވެސް މަދުކުރުމަށް މަސައްކަތްކުރުން.

6- މުއްދަތު ހަމަވާތަކެތި ކަނޑައެޅިފައިވާ އުޞޫލުން ނައްތާލަމުން ގެންދިއުން.

މުސާރައާއި އިނާޔަތް :

މުސާރަ:              5610.00 ރުފިޔާ

ސަރވިސް އެލަވަންސް:      2000.00 ރުފިޔާ

ރިސްކް އެލަވަންސް:        75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް:     84.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

ކުރިމަތިލުމުގެ ސުންގަޑި: 13 ފެބްރުވަރީ 2020 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ  3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

05 ފެބުރުވަރީ 2020
ހޯދާ