ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020ވަނައަހަރަށް އިޖްތިމާޢީ ސަރަޙައްދުތައް ކުނިކެހުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއްހޯދުމަށްއެދި

2020  ވަނަ އަހަރު މިރަށު އިޖުތިމާޢީ ޞަރަހައްދުތައް ކުނިކަހާ ސާފްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ފެބުރުއަރީ 09 ވާ އާދިއްތަ ދުވަހުގެ  މެންދުރު 13.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2020 ފެބުރުއަރީ 12 ވާ ބުދަ  ދުވަހުގެ މެންދުރު 13.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ  100.00 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ އިޖުތިމާޢީ ޞަރަހައްދު ކުނިކަހާ ސާފަ ކުރުމަށް އެދި " މިހެން ލިޔުމަށްފަހުގައެވެ.  އަދި މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ޢާއްމުފަރުދެއްނަމަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމާއި،އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީ ކުންފުނި / ޖަމްޢިއްޔާއަކުންނަމަ ކުންފުނި / ޖަމްއިއްޔާގެ ވިޔަފާރި ރަޖިސްޓްރީ ގެ ކޮޕީ ގެންނަން ވާނެއެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ހާޟިރުވާނަމަ ބަދަލު ހަމަޖެއްސިކަމުގެ ލިޔުމާއި ބަދަލު ހަމަޖެއްސިފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި ޙާޟިރުވާފަރާތުގެ އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީ އަދި ކުންފުނި / ވިޔަފާރި / ޖަމްޢިއްޔާއެއްނަމަ  ތަމްޞީލްކުރާ ފަރާތް އަންގައިދޭ ލިޔުމާއި ޙާޟިރުވާ ފަރާތުގެ އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

                      02   ފެބުރުވަރީ    2020

02 ފެބުރުވަރީ 2020
ހޯދާ