ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑީ.ޑީ.ސީ.އާރް.ސީ (ހދ. ހަނިމާދޫ) ކެއަރ ވޯރކަރ (ކުދިން ބަލަހައްޓާ / ވަގުތީ 3 މަސް) 3 މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :ކެއަރ ވޯރކަރ (ވަގުތީ)
ބޭނުންވާ އަދަދު :3

މަގާމް:

ކެއަރ ވޯރކަރ (ކުދިން ބަލަހައްޓާ /ވަގުތީ)

ބޭނުންވާ އަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ވަގުތީ (3 މަސް)

މަޤާމުގެ ރޭންކް:

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ (ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ، ހދ. ހަނިމާދޫ)

މުސާރަ:

މަހަކު -/3100ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000ރުފިޔާ

އެހެނިހެން އެލަވެންސް:

  1. ރިސްކު އެލަވަންސް: (ހާޟިރުވާ ދުވަހަކަށް -/100ރުފިޔާ)
  2. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1200.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒުން ބަލަހައްޓާ ކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ސުޕްރިންޓެންޑެންޓުގެ ލަފާގެ މަތިން ކުރުން.
  2. ސެންޓަރުން ބަލަހައްޓާ ކުދިންނާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ބައްދަލުވުން ތަކުގައި ބައިވެރިވުން.
  3. ސެންޓަރުން ސްކޫލަށް ފޮނުވާ ކުދިންނާއި ގުޅޭ ގޮތުން ސްކޫލުން އަންގާ ބައްދަލުވުންތަކަށް ބެލެނިވެރިންގެ ގޮތުގައި ހާޒިރުވުމާއި ސްކޫލުންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން.
  4. ކުދިން ސްކޫލަށް ދިއުމުގެ ކުރިން އެކުދިން ސްކޫލަށް ބޭނުންވާ ތަކެތި ހަމަތޯ ބަލާ ހަމަނުވާނަމަ އެތަކެތި ހަމަކޮށްދިނުމާއި ސްކޫލުން ދީފައިވާ ފިލާވަޅުތައް ނިންމާފައިވޭތޯ ބަލައި ފޮތްތައް ތާވަލާއި އެއްގޮތަށް ހަމަކުރުވައި ސްކޫލަށް ގެންގޮސް ގެނައުން.
  5. ސެންޓަރުގައި ހިންގާ ކްލާސްތަކާ ގުޅިގެން ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ސެންޓަރުގައި  ތިބޭ ކުދިންގެ ދުވަހުގެ ހަރަކާތްތަކާއި ހުސްވަގުތު އެކަށީގެންވާ ގޮތަށް ރާވައި އެކުދިން ޢަމަލުކުރުމަށް ތައްޔާރުކޮށްފައިވާ ޓޭބަލް އާއި އެއްގޮތަށް ޢަމަލުކުރަމުން ދޭތޯ ބަލާ ސުޕަވައިޒް ކުރުން.
  7. ސެންޓަރުގައި ކުދިން ބަލަހައްޓާ މުވައްޒަފުންގެ ޑިއުޓީ ތާވަލާއި  އެއްގޮތަށް ސެންޓަރުގެ މިންގަނޑުތަކާ އެއްގޮތަށް ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  8. އިސްލާމީ ރިވެތި އުޞޫލްތަކުގެ މަތިން ކުދިން ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމާއި ދީނީ ކަންތައްތައް ކުދިންނަށް އުގަންނައިދިނުމާއި ކުދިންނަށް ރީތި އާދަކާދަތައް ދަސްކޮށްދީ ރިވެތިބަހުން މުޢާމަލާތް ކުރަން ދަސްކޮށްދިނުން.
  9.  ކުދިންގެ ކެއިންބުއިމުގެ އިންތިޒާމްތައް ސުޕްރިންޓެންޑެންޓުގެ ލަފާގެ މަތިން ހަމަޖެއްސުމާއި، ކުދިންގެ ސާފުތާހިރުކަމާއި، ގަޑިއަށް ނިދާތޯ ބެލުމާއި، ސްކޫލަށް ގެންދިއުމާއި، ކުދިން ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  10. ބަލިވެގެން ޑޮކްޓަރަށް ދައްކަންޖެހޭ ކުދިން ޑޮކްޓަރަށް ދެއްކުމާއި، ބޭސްދިނުމާއި، ކުދިން ބަލިވެއްޖެ ހިނދެއްގައި ކުދިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުމާއި، ހޮސްޕިޓަލުގައި ކުއްޖަކު އެޑްމިޓްކޮށް ބަލަހައްޓަންޖެހޭ ޙާލަތެއް ދިމާވެއްޖެނަމަ ސެންޓަރުން ހަމަޖައްސާ އުޞޫލެއްގެމަތިން ހޮސްޕިޓަލުގައި ކުއްޖާ ގާތު ޑިއުޓީކޮށް ބެލެހެއްޓުން.
  11. ސެންޓަރުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދުންފަތުގެ އިސްތިޢުމާލު ނުކުރާކަން ކަށަވަރުކުރުމާއި އަދި މަސްތުވާތަކެތި ބޭނުންނުކުރާކަން ކަށަވަރު ކުރުން
  12. ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައިވެސް ކުދިން ސާފުތާހިރުކަންމަތީ ބެހެއްޓުމާއި ކުދިން އުޅޭ ފްލޯތައް ސާފުކޮށް ބެލެހެއްޓުމާއި ކުދިންގެ އަމިއްލަ ތަކެތި ތަރުތީބުކޮށް، އުޅޭތަން ސާފުކުރުމަށް ހިތްވަރުދިނުމާއި އެކުދިންނަށް އެހީތެރިވުމާއި އަމިއްލައަށް ސާފުތާހިރުވެ ނުއުޅެވޭ ޙާލަތެއްގައި ކުއްޖަކު ހުރިނަމަ އެފަދަ ކުދިން ސާފުތާހިރުކޮށް ކުދިންނަށް ބޭނުންވާ ކަންތައްތައް ކޮށްދީ ބެލެހެއްޓުން.
  13. ކުދިން ބަލަހައްޓަމުންގެންދާއިރު ކުދިންގެ އުޅުމަށް އަންނަ ބަދަލުތައް މޮނީޓަރކޮށް އެކުދިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަޢުލޫމާތު ކައުންސެލަރާއި ސުޕްރިންޓެންޑެންޓާއި ހިއްސާކުރުން.
  14. ކުދިން މުނިފޫހިފިލުވުމާއި، އެކިއެކި ކުޅިވަރު ނުވަތަ ޙަރަކާތްތަކުގައި ބައިވެރިކުރުވުމަށްޓަކައި ކުދިންނާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ސެންޓަރުން ބޭރުގައި ކުދިންނަށް ހިންގާ ހަރަކާތްތަކަށް ކުދިން ގެންދާއިރު އެ ކުދިންނާއެކު އެތަންތަނަށް ގޮސް ކުދިން ބެލެހެއްޓުން.
  15. ކުދިންގެ ފަރުވާ ނިމި، ބެލެނިވެރިންނާއި ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސެންޓަރުގެ ސުޕްރިންޓެންޑެންޓް އަންގާ ގޮތެއްގެ މަތިން ކުރުން
  16. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން

މަޤާމުގެ ޝަރުތުތައް:

  1. ލިޔަންކިޔަން އެނގުން.

ނޯޓް:ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ. ލިޔުން ނެތްނަމަ މިއެޖެންސީއިން ދޭ އިމްތިހާނުގެ ނަތީޖާއަށް ބަލައިގެންނެވެ.

އެހެނިހެން ޝަރުތުތައް:

މަސްތުވާތަކެތީގެ ކުށެއް ނުވަތަ އެހެން އެއްވެސް ކުށެއްގައި ޙުކުމެއް ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން

ފާއިތުވި 5 އަހަރު ދުވަހުގެ ސާފު ޕޮލިސް ރެކޯޑެއް އޮތުން

ޢުމުރުން 25 އަހަރާއި 55 އަހަރާއި ދެމެދުގެ މީހަކަށް ވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓުފިކެޓުތަކުގެ / ލިޔުންތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:         

 

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމު.

2. މަސައްކަތުގެ ދާއިރާއާ ގުޅޭ ތަމްރީން.

3. މަގާމުގެ މަސައްކަތުގެ ދާއިރާއ ގުޅޭ ތަޖުރިބާ.

4. އިންޓަވިއުގެ މާކްސް.

5. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

6. ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް، މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިއެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ11  ފެބުރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) ނުވަތަ ހދ. ހަނިމާދޫގައި ހުންނަ މިއެޖެންސީގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް އަދި ފެކްސް 3328184 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ފެބުރުވަރީ 12 އާއި 2020 ފެބުރުވަރީ 18 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެއާއި ހދ. ހަނިމާދޫގައި ހުންނަ މިއެޖެންސީގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ބަންދުނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ 2A އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ.

 އީ-މެއިލް ކުރާނީ [email protected] އަށެވެ.

                8 ޖުމާދުލްއާހިރަ 1441

                02 ފެބުރުވަރީ 2020

02 ފެބުރުވަރީ 2020
ހޯދާ